ރައީސް ޑރ. މުހައްމަދު މުޢިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
05 Feb 2024 | 11:27
އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަންނަ އަހަރު ބޮޑުކުރާނަން: ރައީސް މުޢިއްޒު

އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، އެ އެލަވަންސް ވައުދުވެވަޑައިގަނެފައިވާ ފަދައިިން އަންނަ އަހަރު ބޮޑު ކޮށް ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ޕްރޮގްރާމް "ރައީސްގެ ޖަވާބު"ގައި، އެކަނިވެރި މައިންގެ އިނާޔަތާއި އަދި ޔަތީމް ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި މެދު ކުރި ސުވާލަށް ޖަވާބުދާރީ ވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގަނެފައިވާ ފަދައިިން އެކަނިވެރި މައިންގެ އެލަވަންސް ބޮޑު ކުރައްވާނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ފައްޓަވާފައި ވާތީ، މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަނިވެރި މައިންނަށްދޭ އިނާޔަތް ބޮޑު ކުރުމަކީ އަޅުގަނޑު ވެފައިވާ ވަޢުދެއް. އިރާދަކުރެއްވިއްޔާ ވަޢުދު ފުއްދާނަން. މި އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު ކުރުމަކީ މުޅީން ހަމަޖެހިފައި އޮތްކަމެއްނޫން. އިޤުތިޞާދުގައި ކުރަން ހުރި މަސައްކަތްތައް، އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ހުރީމަ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން." ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ޔަތީމު ކުދިންނަށްޓަކައި މިހާރުވެސް އެކިކަހަލަ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، އެ ކުދިންގެ އިތުރުން މުޖްތަމަޢުގައި އަޅާނުލެވި ދޫކޮށްލެވިފައިވާ މީހުންނާ މެދު މީގެކުރިން އަމަލުކޮށްފައި ނުވާހާ ރަނގަޅަށް ކަންތައްތައް ކުރުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

އެކަނިވެރި މައިންނާ ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް ދެވޭ އެލަވެންސެއް ނޫން ކަމަށް މީގެ ކުރިންވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެކަމަށެވެ. އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.