ދިވެހި މަސްދޯނި ގައި އިންޑިޔާ ސިފައިން--
ހަބަރު
05 Feb 2024 | 14:55
ދިވެހި މަސްދޯނި ތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއެކު އެރި މައްސަލަ ބެލުމަށް ގޮވާލާ ކުއްލި މައްސަލައެއް

ދިވެހިރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯނި ތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއެކު އެރި މައްސަލަ ބެލުމަށް ގޮވާލާފައި ކުއްލި މައްސަލައެއް މިއަދުގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 

މި މައްސަލަ ހުށަހަޅާފައިވަނީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. 

މައްސަލަ ހުށަހަޅުއްވަމުން ވައްޑެ ވިދާޅުވީ، ބޭރުގެ ސިފައިން ދިވެހި މަސްދޯންޏަށް އެރި މައްސަލަ އާއި ގުޅިގެން ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކުން ރަނގަޅަށް މަޢުލޫމާތު ފޯރުކޮށްދެމުން ނުދާ ކަމަށެވެ. އޭގެ ސަބަބުން އާއްމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދެމުންދާ ކަމަށެވެ. 

އެހެންކަމުން، އެ މައްސަލާގައި ވީ އެންމެ އަވަހަށް ފިޔަވަޅު އެޅުމަށް އެ ކުއްލި މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އެ ކުއްލި މައްސަލަ ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވި 54 މެންބަރުންގެ ތާއީދާއެކު މަޖިލީހަށް ބަލައިގަނެ ބަހުސް ފަށާފައެވެ. 

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ).

31 ޖަނަވަރީ ވީ ބުދަދުވަހު ހަވީރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދިވެހި ތިން މަސް ދޯންޏަކަށް އިންޑިޔާ ސިފައިން ވަނީ އަރާފައެވެ. އެގޮތުން ހަތިޔާރު އެޅި ސިފައިން އަރާފައި ވަނީ އަސުރުމާ 3، ނިރު 7 އަދި މާހޯރަ 3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ. 

އޭގެ ފަހުންވެސް، އެހެން މަސްދޯންޏަކަަށް އިންޑިޔާ ސިފައިން އަރާފައި ވާއިރު، އެމީހުން ތިބީ ހަތިޔާރާއެކުއެވެ. 

މިމައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއަށް އަންގާފައެވެ. ނަމަވެސް މިހާތަނަށް އެ ގައުމުން އެކަމުގައި ވާހަކަ ދައްކާފައިވާ ކަމެއް ދިވެހި ސަރުކާރުން ހާމަ ނުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.