ދިވެހި ދިދަ ބައިދަނޑީގައި
ހަބަރު
05 Feb 2024 | 16:45
ނެމީބިއާގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ދިދަ ބައި ދަނޑިއަށް ތިރިކުރަނީ

ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދެ ދުވަހަށް ރާއްޖޭގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައިވަނީ 2024 ފެބުރުވަރީ 6 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 7 ވާ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށް ނެމީބިއާގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުއިއްޒު ވަނީ  އެގައުމުގެ އެކްޓިން ޕްރެޒިޑެންޓްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ގައުމުގެ ނައިބު ރައީސް ނަންގޯލޯ އެމްބޫމްބާ އަށް ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

އެމަނިކުފާނުގެ މި މެސެޖްގައި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަން ފުޅުގައި ހާގޭ ގެންގޮބް ގެ އާއިލާ އަށާއި މުޅި ގައުމަށް ތައުޒިޔާ ވިދާޅުވެ، އެބޭފުޅާ ގެ ހިދުމަތްތަކަކީ ކުރިއަށް އޮތް ޖީލުތަކުން ވެސް ހަނދާންކުރާނެ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

އެގައުމުގެ ރައީސް ގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ހާގޭ ގެންގޮބް އަވަހާރަވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް ވިންޑްހޯކްގައި ހުންނަ ލޭޑީ ޕޮހަމްބާ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު، އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް މޮނިކާ ގޭއިންގޯސް އާއި ދަރިން ތިއްބެވިއެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 82 އަހަރުފުޅެވެ.

ރައީސްކަމުގެ ދެވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ  ހާގޭ ގެންގޮބް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާނު ކުރެއްވި މި އަހަރުގެ ޖެނުއަރީ މަހު އެވެ.  ގެންގޮބްގެ އޮފީހުން އޭރު ބުނެފައިވާގޮތުގައި ޖެނުއަރީ މަހު ރޫޓިން މެޑިކަލް ޗެކަޕަކުން އެމަނިކުފާނުގެ ހަށިކޮޅުން ކެންސަރު ސެލްތަކެއް ވަނީ ފެނިފައެވެ.

1941 ވަނަ އަހަރު ނަމީބިއާގެ އުތުރުގެ ރަށަކަށް އުފަން ގެންގޮބް އަކީ އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިމެނޭ އޮވަމްބޯ އެތްނިކް ގްރޫޕުގެ ބޭރުން ހޮވުނު ފުރަތަމަ ރައީސް އެވެ. 

ރައީސްގެ މަގާމު އަދާ ކުރެއްވުމުގެ ކުރިން 1990 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހިސާބަށް  ހާގޭ ގެންގޮބް ވަނީ ގައުމުގެ ބޮޑުވަޒީރު ކަން އަދާ ކުރައްވާފައެވެ. އަދި 2012 އިން 2015 ވަނަ އަހަރުގެ ނިޔަލަށްވެސް ހަމަ އެ މަގާމް އެ މަނިކުފާނު ފުރުއްވިއެވެ.

ނެމީބިއާގެ ތިންވަނަ ރައީސް  ހާގޭ ގެންގޮބް ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2015 ވަނަ އަހަރެވެ. އަވަހާރަވިއިރު އެމަނިކުފާނު ފުރުއްވަމުން ގެންދެވީ އެ ގައުމުގެ ރައީސްކަމުގެ ދެވަނަ ދައުރެވެ. އެ ގައުމަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރާއްޖެ އާއި ނެމީބިއާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން އުފެދުނީ 1990 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ