ގުރައިދޫ ޖަލްސާގައި ޣައްސަން ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Feb 2024 | 12:03
ޣައްސާން ވިދާޅުވެއްދެއްވީ ރައީސް މުޢިއްޒުގެ ބުރަ ޝެޑިއުލްގައި ކަންކަން ކުރިއަށް ގެންދަވާ ގޮތް!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، ރާއްޖޭގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދާއިރު އެމަނިކުފާނުގެ އެއް ދުވަހުގެ މަސައްކަތު ތާވަލް ރާއްވަވާފައިވާ ގޮތުގެ ކުރު ޚުލާސާއެއް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކިޔައި ދެއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތަކަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅު މިއަދު ފަށްޓަވާފައިވާއިރު، ފުރަތަމަ ވަޑައިގެންނެވީ ތ ގުރައިދޫ އަށެވެ.

އެގޮތުން އެރަށު ރައްޔިތުންނާއެކު ބޭއްވި  ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ރައީސް މުޢިއްޒު ގައުމަށްޓަކައި ކުރައްވަމުންދާ އިޚްލާޞްތެރި މަސައްކަތްޕުޅު ވަރަށް ގާތުން ދެކެވަޑައިގެންނެވުމުގެ ނަސީބު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގައުމަށްޓަކައި މަސައްކަތް ކުރައްވަމުންދަނީ ވަރަށް ބުރަކޮށް ކަމަށް ވިދާޅުވެ ޣައްސާން ވަނީ ރައީސް މުޢިއްޒުގެ އެއް ދުވަހުގެ ޝެޑިއުލް ކިޔައި ދެއްވާފައެވެ. 

ފަތިސް ނަމާދަށް ތެދުވެވަޑައިގަންނަވާ ގޮތަށް، އޮފީހަށް އަދި ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ރާއްވަވައި، އެދުވަހުގެ މަސައްކަތްޕުޅު ތަކަށް ތައްޔާރު ވުމަށްޓަކައި، އެކިއެކި ވަޒީރުންނާއި ފޯނުން ގުޅުއްވައި، އެކިއެކި ކަންތައްތައް ރާވަމުން ގެންދަވަމުން، އަދި އޮފީހުގައި ވަރަށް ބުރަކޮށް، ހުރިހާ ވުޒާރާއެއްގެ ކަންތައްތައް، ވަރަށް ގާތުން ބައްލަވަމުން، ދިވެހިރާއްޖެ އާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކަންތައްތައް، ދިވެހިންގެ ފަރާތުން ހަމަޖައްސަވަމުން، ރޭގަނޑު އަވަހާރަފުޅާއި ހަމައަށް، އެއީ ގާތްގަނޑަކަށް 2:30 ކަންހާއިރު، މަސައްކަތް ކުރައްވަމުން

ވަޒީރު ޣައްސަން މަޢުމޫން

މިއާއެކު ޣައްސާން ވަނީ ރައީސް މުޢިއްޒުގެ ބުރަ ޝެޑިއުލްގެ ތެރެއިން ވަގުތު ހޯއްދަވައިގެން އޭނާ މަޖިލީހުގައި ތަމްސީލްކުރެއްވި ގުރައިދޫ ދާއިރާގެ ގުރައިދޫއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވައިފިއެވެ. 

ޣައްސާން އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ 'ހަތުރުންގެ' ހަމާލާތަކަށް އެމާނިކުފާނު ދެކެ ލޯބިވާ ރައްޔިތުން ނުބަލަނީ އެމަނިކުފާނުގެ ގަދަބަސް ވިދާޅުވެ ރައްޔިތުންނަށް އަމުރު ކުރައްވައިގެން ނޫން ކަމަށެވެ. އެހެނެއް ކަމަކު އެއީ، އެމަނިކުފާނުގެ ދޫފުޅުގެ ތޫނު ކަމުގެ ސަބަބުން ކަމަށް ޣައްސާން ވަނީ ވިދާޅުވެފަ އެވެ. 

އޭގެ މުރާދަކީ ދޫފުޅުން ވިދާޅުވާ ބަސްފުޅުގެ ތެދުކަން. ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވާކަން. މިއަދަކީ އެފަދަ ވަޢުދުފުޅެއް ފުއްދަވައި، ރައްޔިތުންނަށް އެމަނިކުފާނުގެ ތެދުވެރިކަން އިތުރަށް ހާމަ ކޮށްދިން ދުވަހެއް. 

ޣައްސާން މިފަދައިން ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމުގައި ވިދާޅުވެފައިވާއިރު، ތ. ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށް ކަމުން އެ ރަށަށް އެންމެ ފުރަތަމަ ވަޑައިގެންނެވުމުންނެވެ. 

ޣައްސާން ވަނީ ރައީސް މުޢިއްޒުގެ އެ ވަޢުދު ފުއްދެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް