ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Feb 2024 | 13:13
ބަޖެޓުން އުނި ކުރި ނަމަވެސް، ގުރައިދޫ އެއާޕޯޓްގެ މަސައްކަތް މި އަހަރު ފަށާނަން: ރައީސް މުޢިއްޒު

ތ.ގުރައިދޫގެ އެއާޕޯޓްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ތާ އަތޮޅުގެ ރަށްތަކަށް ރައީސް ޑރ.މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތ.ގުރައދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ބަޖެޓުން އެ ރަށުގެ އެއާޕޯޓަށް ދީފައި ނެތް ނަމަވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތް ހޯދައިންގެން ތ.ގުރައިދޫ އެއާޕޯޓްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ވަޢުދުވީ ގޮތަށް ބަޖެޓުން އެ ބޭފުޅުން އެއާޕޯޓު ހެދުމަށް ޖާގަދީފައި ނެތް ނަމަވެސް މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަށް ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، ހޯދާނަން، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރީ އެއާޕޯޓެއް ކަމަށާއި އެހެންކަމުން އެމަސައްކަތް ކޮށްދިނުމަށް ވައުދުވެވަޑައިގެން ފަދައިން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ ހޮސްޕިޓަލު ތަކާއި މަގުހެދުން ފަދަ ބޭނުންވާ އެހެނިހެން ކަންކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއާޕޯޓުގެ އިތުރުންވެސް ރަށު ރައްޔިތުން އެދުނު ކަންކަން ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގެ ޔަގީން ރައީސް ޑރ.މުއިއްޒު ވަނީ ދެއްވާފައެވެ. 

ރައީސް ޑރ.މުއިއްޒު މިހާރު ތ.އަތޮޅަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުނެގް ޓީމެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް