ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތ.ގުރައިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
06 Feb 2024 | 13:02
ގުރައިދޫ އަށް ރައީސް ދެއްވީ، ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން!

އެއާރޕޯރޓްގެ މަސައްކަތް ފަދައިން، ރަށުގެ ތަރައްޤީއަށްކުރެވެން ހުރި ކަންކަންވެސް ކުރެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުރަންވެފައި، އެހެން ނަމަވެސް ނުހިނގާ ހުރި އެތައް ކަމެއްގެ ސަބަބުން ކުރިޔަށް ދިއުމުގައި ކަންކަން ތަރުތީބުކޮށް އެމަނިކުފާނު ވަޢުދުފުޅު ވެލެއްވި ފަދައިން ގުރައިދޫގައި ކުރަންހުރި ކަންކަން ކުރައްވާނެކަމަށެވެ. އަދި ހަމަ މިއާއެކު ރައްޔިތުންގެ އެއްބާރުލުމާއި މަޝްވަރާތައް، ކައުންސިލް މެދުވެރިކޮށް، ސަރުކާރަށް ދިނުމަށްވެސް ރައީސް އެދިލެއްވިއެވެ. 

"މި އޮންނަ އުސޫލުގެ ތެރެއިން މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންގެ ލޯކަލް ގަވަރންމެންޓް މިނިސްޓްރީ އެބަހުރި، ކަމާ ގުޅޭ މިނިސްޓްރީ އެބަހުރި ތަރުތީބު ކޮށްލަން. ތަރުތީބު ކޮށްލީމާ، ކޮން ކަމެއްތޯ އެންމެ ފުރަތަމަ ކުރިޔަށް ގެންދާނީ. އެ ގޮތަށް ތަރުތީބުކޮށްގެން އަޅުގަނޑު ދޭ ޔަޤީން ކަމަކީ، ހަމަ އެއާރޕޯރޓް ވަޢުދު ގޮތަށް މިރަށުގައި ދެން ކުރަންހުރި ހުރިހާ ކަމެއްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދީ، ފުރިހަމަ ކޮށްދޭނަންކަން. އެ ޔަޤީންކަން ދެން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއަށް ކުރަން ނިންމާފަހުރި ކަންކަން ކުރިޔަށްދާއިރު ރައްޔިތުން އެއްބާރުލުން ދެއްވައިފިނަމަ، ކަންކަން ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް