މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް-- ފޮޓޯ: ވޮއިސް
ހަބަރު
06 Feb 2024 | 14:12
މާލެ ސިޓީ ކައުންސިލް ޤުރުއާން އަދި މަދަހަ މުބާރާތް ބޭއްވުމާމެދު މަޝްވަރާކުރަނީ

މާލެ ސިޓީ ކައުންސިލްގެ ގުރުއާން މުބާރާތާއި މަދަހަ މުބާރާތް ބޭއްވުމާއި ބެހޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މި މުބާރާތަކީ ރައީސް ޑރ.މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު، ރަމަޟާން މަހަށް ހާއްސަ ކުރައްވައިން ކުރިއަށް ގެންދެވި މުބާރާތެކެވެ.

ސިޓީ ކައުންސިލުން އިންތިޒާމް ކުރާ މި މުބާރާތަކީ އެންމެ އަގު ބޮޑު އެއް މުބާރާތެވެ. މި މުބާރާތުގައި ވަނަތައް ހާޞިލު ކުރާ ފަރާތްކަށް ސިޓީ ކައުންސިލުން ކޮންމެ އަހަރަކުވެސް އަގުހުރި އެތައް އިނާމު ތަކެއް ދެއެވެ. މިގޮތުން އެންމެ ފަހުން މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ބޭއްވި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުން ވަނަތަކަށް އައި ފަރާތްތަކަށް ދިން އިނާމް ތަކުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތައްޓާއި، ކައުންސިލުން ދޭ ހަނދާނީ ލިޔުން، ހަނދާނީ ފިލާ، ކައުންސިލުންދޭ ހަދިޔާ އާއި ކައުންސިލުންދޭ ފައިސާގެ އިނާމްގެ އިތުރުން ލޮޓަސް ފިހާރައިން ދީފައިވާ ހަދިޔާ، އަދި ބައިސްކަލް ހިމެނެއެވެ. މީގެ އިތުރުން ރެޑްވޭވް ގެ ފަރާތުން ހަދިޔާކުރި ޓީވީ އާއި ސައުންޑް ބަރ ހިމެނެއެވެ.

މީގެ އިތުރުންވެސް ގުރުއާން މުބާރާތުގައި ނުބަލާ ކިޔުމުގެ ގޮފިންނާއި ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނައަށް އުރީދޫއިން  20،000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު، މަދަޙަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް 10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން، މުބާރާތުގެ ވަނަތަކަށް އައި ދަރިވަރުންނަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 (ތިންހާސް) ރުފިޔާއިން ފެށިގެން 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ.

މިއީ އާންމުންގެ ނުހަނު ބޮޑު ތަރުހީބެއް ލިބިފައިވާ މުބާރާތެއް ކަން ފާހަގަކޮށްލެއެވެ. މި އަހަރުގެ ރަމަޟާން މަސް އަންނަން މަހަކަށްވެފައިވާއިރު ވެސް މި މުބާރާތާއި ބެހޭ ގޮތުން އިއުލާން ކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ މާލެ ސިޓީގެ އާ މޭޔަރު އާދަމް އާޒިމަށް މުބާރަތް ބޭއްވުމަށް ގޮވާލާ، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ