ދިޔަމިގިލީ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Feb 2024 | 15:20
ރައީސް އެދިލެއްވީ ހަގީގަތް ގަބޫލުކޮށް، ރައްޔިތުންގެ މަޝްވަރާއާއި އެކު މަޝްރޫޢުތައް ތަރުތީބު ކުރެއްވުމަށް!

ދިވެހިރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ވަރަށް ދަތިކޮށް ކަމަށާ، އެ ހަގީގަތް ގަބޫލު ކޮށް، ސަރުކާރުން ރަށްރަށަށް ކޮށްދެން ޖެހޭ ކަންކަން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ތަރުތީބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކައުންސިލް ތަކުގައި އެދިވަޑައިގެންފިއެވެ. 

ރައީސް މުޢިއްޒު މިހެން އެދިވަޑައިގެންނެވީ ތ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އެގޮތުން، ރައީސް މުޢިއްޒު ވިދާޅުވީ، މިސަރުކާރާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ދަރަނި ހުރީ މީގެ ކުރިން ނުދާހާ މިންވަރަށް މަތިވެފައި ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް އެއްފަހަރާ ފުއްދަން ފެށުމަކީ ނުވާނެ ކަމެއް ކަމަށެވެ.

އަޅުގަނޑު އެދެނީ ކައުންސިލަށް، އެކިއެކި މަޝްރޫޢުތަކާއި ގުޅޭ ސަރުކާރުގެ އެކިއެކި އިދާރާތަކާއި، ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭގައި ވަރަށް ގާތުން މަޝްވަރާކޮށްލަން. ކޮށްފަ، ތަރުތީބު ކޮށްލަދެއްވަން، މިއަހަރުގެ ތެރޭގައި ކޮން ކަންތައްތަކެއްތޯ؟ ތަރުތީބަކުން ފަށައިގަނެވޭނީ. މި ދެންނެވި އިގްތިސާދީ ހާލަތު އޮތްގޮތުން، އަޅުގަނޑު މިހެން މި ދަންނަވަނީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، މިގޮތަށް މަޝްވަރާ ކޮށްގެން، އެކުލަވާލެވޭ ތަރުތީބެއްގެ މަތިން، މި އަހަރު، މި ރަށުގައި ގިނަ މަސައްކަތްތަކެއް އަޅުގަނޑު ފަށްޓައިފޭނަމޭ." ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ތ. ދިޔަމިގިއްޔާއި ތ. މެދުފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ އެމާނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދުފުޅު ކަމަށާ އެ ވަޢުދުވެސް ފުއްދަވާނެ ކަމަށެވެ. 

"އަޅުގަނޑު ވެފައި އޮތް އެއްވެސް ވަޢުދަކަށް ފަރުވާކުޑައެއް ނުކުރާނަން." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް، ރާއްޖޭގެ އިގްތިސާދު  ރަނގަޅުވަމުންދާ ވަރަކަށް ފަހިވެގެންދާނެ ކަމަށެވެ. 

ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ، ކޯޒްވޭ ޕްރޮޖެކްޓް ވެސް، އަދި ދެން ހުރިކަންކަންވެސް، ވަރަށް ބޮޑަށް ސަމާލުކަންދީގެން، ވަރަށް އިޚްލާސްތެރި، ތެދުވެރި ނިޔަތެއްގައި، ކޮށްދޭނެ ވާހަކަ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ، އެމަނިކުފާނު ވިދާޅުވާ ވާހަކަ ތަކަށް ޒިންމާވާނެ ބޭފުޅެއް ކަމަށެވެ. އަދި ވެ ވަޑައިގެންނެވި ވަޢުދުތަށްް ފުއްދުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް ފެށިގެން މިހާރުވެސް ކުރިއަށްދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ރަށްރަށުގައި ފެށިފައި އަދި ފަށަންހުރި ކަންކަންވެސް، ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން، ހުރިހާ ކަމެއް އެއްފަހަރާ ނުފެށޭނެކަމަށާ، އެ ހަގީގަތް އެންމެހާ ރައްޔިތުންވެސް ގަބޫލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ހަގީގަތް އެބަޖެހޭ ގަބޫލު ކުރަން. މި ހަގީގަތާއި އެކީގައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކުރިއަށް ދާނީ. ޔަގީންކަން މިދެނީ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންގޮސްދޭނަމޭ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، އެގޮތަށް ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ