ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސައިން ޝަހީމް/ ފޮޓޯ: މަޖިލިސް
ހަބަރު
06 Feb 2024 | 15:31
ބިދޭސީ މަސައްކަތްތެރިން ގެނައުމަކީ ޤައުމުގެ މިނިވަންކަން ގެއްލޭކަމެއް: ހުސައިން

ދިވެހިރާއްޖެއަށް ބޭރުގެ މަސައްކަތްތެރީން ގެނައުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާ ޚިލާފުުމަކީ ޤައުމުގެ މިނިވަންކަމާ، ސިޔާދަތާއި އިސްތިޤުލާލު ގެއްލޭ ކަމެއްކަމުގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން މިމޭރުމުން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ނުވަތަ ދައުލަތުގެ ތިން ބާރުން، ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ގޮވާލާއި ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

"ދިވެހިރާއްޖޭގެ މިކަހަލަ ކަންކަން މިގޮތަށް ދޯދިޔާކޮށް ދޫކޮށްލުމަކީ އަސްލުގަ އަޅުގަނޑުމެންގެ މިނިވަންކަމާ، ސިޔާދަތާއި އިސްތިޤުލާލު ގެއްލޭ ކަންކަން. މިހެން މި ދަންނަވަން ޖެހެނީ މިކަހަލަ ދޯދިޔާ ގޮތަކަށް ބިދޭސީން ރާއްޖެ ގެނައުށް ވޯކް ޕާރމިޓް ދޫކުރުމާ، މިކަންކަން މިހެން ދޫކޮށްލީމާ ހަޤީގަތުގައި މިހާރު ރާއްޖޭގައި ދިވެހި ރައްޔިތުންނަށްވުރެ މާލޭގައި ދިރިއުޅޭ ވަކި ޤައުމެއްގެ ބަޔަކު މާ ބޮޑަށް ގިނަވީ." ހުސައިން ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހުސައިން ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްކާތެރިކަމާއި ހުރިހާ ކަމެއް ގެއްލިދަނީވެސް "ދޯދިޔާ" ގޮތަކަށް ކަންކަން އޮންނާތީކަމަށެވެ.

މަޖިލީހަށް ހިސާން ހުށަހެޅި ކުއްކި މައްސަލާގައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 23 މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.