ދިޔަމިގިލީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ހަބަރު
06 Feb 2024 | 16:50
އިންތިހާބާއި ދިމާކޮށް ކަޑަޖަހާ ވެރިއަކަށް ނުވާނަން: ރައީސް

އިންތިހާބާއި ދިމާކޮށް، އިޤްތިޞާދަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކަނޑަޖަހާ ވެރިއަކަށް ވެ ވަޑައި ނުގަންނަވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤަމާއި ހަވަލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް  ކުރައްވަން ފެއްޓެވި ދަތުރުފުޅުގައއި މިއަދު ތ.ދިޔަމިގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ދިޔަމިގިލި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، އެހާލަތުން އަރައިގަނެ އަމިއްލަ ފަރުދުންނާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ކޮންމެ ރައްޔިތަކަށް އިގްތިސާދީ ބާރުވެރިކަން ލިބި މުއްސަނދިކަން ލިބިގެން ދާން، ކުރިއެރުން ގެނެސްދޭން. އެ މަގުން އެގޮތަށް ކުރިއަށް ގެންދިއުމަށް އިގްތިސާދީ ތަރައްގީގެ، މަސައްކަތްތައް ބައްޓަން މި ކުރަނީ" 

ރައީސް ވިދާޅުވި އެވެ.

ރައީސުލް ޖުމުހުރިއްޔާ ވިދާޅުވީ އިޤްތިޞާދީ ހާލަތަކީ ރަށްރަށުގެ ތަރައްޤި ގެނެސް ދިނުމަށް އޮތް ހުރަކަށް ދައްކަވަން ބޭނުން ނުވި ނަމަވެސް ޤައުމުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ސާފުކޮށް އޮޅުން ފިވުވައިދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި މިހާލަތުގައި ރަސްރަށަށް ވަޑައިގެން ތަރައްޤީގެ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަވާނަމޭ ވިދާޅުވާ ވެރިއަކަށް އެމަނިކުފާނު ވެ ވަޑައި ނުގަންނަވާނެ ކަމަށެވެ.

"އެހެންޏާ ކަންތައްތައްވާ ގޮތަށް އިންތިހާބަށް މަހެއް ނުވަތަ ދޮޅުމަސް ވީމާ އައިސް މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ހަމަ ކުއްލިއަކަށް ބިންގާ އަޅައި، ކަޑަޖަހާ އުސޫލުން ކަންކަންކޮށްފައި ދިޔައީމާ ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ. އެއީ އަމިއްލަ ނަފްސަށް އޮޅުވާލެވޭ އޮޅުވާލުމެއް".

 ރައީސް ވިދާޅުވި އެވެ

ރައީސުލްޖުމުހޫރިއްޔާ މިފަދައިން ވިދާޅުވެފައިވާއިރު ނިމިދިޔަ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނި ރިޔާސީ އިންތިހާބާއި ދިމާކޮށް އެއްވެސް ބެލުމެއް ނެތި ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފަށާފައެވެ.

އޭރު ފަށާފައި ހުރި ގިނަ މަޝްރޫޢުތަކަކަށް ދޭންޖެހޭ އެތަށް ބައިވަރު ފައިސާތަކެއް ވަނީ ނިމިދިޔަ ސަރުކާރުން ނުދީއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އޭގެ ތެރެއިން ބޮޑު އަދަދެއް މިހާރުވަނީ އެ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
ނިއުސިމް
އިތުރަށް ކަޑަ ޖަހައިގެން ހިންގާނެ މަޝްރޫޢެއް ނެތީމަ
06 Feb 2024
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ