ރައީސުލްޖުމުހޫރިއްޔާ ތ.މަޑިފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
ހަބަރު
06 Feb 2024 | 19:34
މަޑިފުށްޓާއި އުފުރިޔާ ގުޅުވާލަދޭނަށް: ރައީސް މުއިއްޒު

ތ.އަތޮޅު މަޑިފުށީގެ އިހްތިސާސް ތެރޭގައި ހިމެނޭ އަދި އެރަށާއި، އެންމެ ކައިރީގައިވާ ފަޅުރަށް ތ.އުފުރިޔާ އާއި ގުޅުވާލަދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިއަދު ތ.މަޑިފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުވާ އިޤްތިޞާދީ ގޮތުން ފުދުންތެރި ތަނަކަށް ހެދުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށާއި ، އެކަމަށް ހާއްޞް މިނިސްޓްރީއެއް ވެސް އުފެއްދެވީ އެހެންވެގެން ކަމަށެވެ.

ކައުންސިލްތައް އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި ފަޅުރަށްރަށް ކުއްޔަށް ދިނުމާއި ގުޅޭ ޤަވާއިދު އިސްލާހްކުރެވި ގެޒެޓް ކުރެވި އަންނަ މަހުން ފެށިގެން އެ ޤަވާއިދަށް އަމަލްކުރަން ފެށުމުން އެރަށެއްގެ އިހްތިސާސްގެ ތެރޭގައި ހިމޭރަށްރަށާއި އަދި އިތުރު ރަށްރަށުން ނަފާ ހޯދުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދަޅުވިއެވެ.

"ދެން މިރަށަށް ބަލާއިރު މިރަށުގެ އިހްތިސާސް ތެރޭގައި އޮތްރަށް އުފުރިޔާ ބަލާއިރު ، މިހާރު ރިވެޓްމަންޓު މަޝްރޫއު ކުރިއަށް ދާއިރު ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް އެރަށް މިރަށާއި ގުޅުވާލުކީ އަޅުގަނޑުމެން ކުރާނެ ކަމެއް" 

ރައީސުލް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލް ޖުމުހުރިއްޔާ އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެ ވަޑައިގެންނެވި ކޮންމެ ވަޢުދެއް އެ ވައުދެއް ވެ ވަޑައިގެންނެވި ގޮތަށް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ކުރުމަށް އަދި ވަގުތު ބޭނުންވާ ކަމަށާއި ، ރާއްޖޭގެ އިޤްތިސާދު ރަނގަޅުވީހާ އަވަހަކަށް އަވަސް ސްޕީޑުގައި މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.