މިނިސްޓަރ ޒަމީރު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަނީ / ފޮޓޯ:ރައީސް އޮފީސް
ހަބަރު
06 Feb 2024 | 22:29
ރާއްޖޭގެ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއް ކަން ރައީސް މުޅި ދުނިޔެއަށް ދައްކަވައިފި: ޒަމީރު

ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށްވީ ނަމަވެސް  ރާއްޖޭގެ މިނިވަންކަން ދިވެހިންނަށް އަމިއްލައަށް ދެމެހެއްޓޭނެ ކަން ރައްޔިތުންނާއި މުޅި ދުނިޔެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވައިފި ކަމަށް  ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސުލްޖުމހުރިއްޔާ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތ. މަޑިފުށްޓަށް ވަޑައިގެންނެވުމުން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ވަރަށް ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ޒަމީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށާއި އެ ކަންކަން ރައީސް ހާސިލް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާހިސާބަސްވެސް ވަނީ ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ހާސިލްކުރައްވާފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ވިސްނިފައި އޮތީ އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހެނީ ކޮންމެވެސް ބަޔަކަށް ޑިޕެންޑުވެގެންނޭ. ރައީސްގެ ދުރުވިސްނުންފުޅާއެކު އަޅުގަނޑުމެން ދެ މަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން އަޅުގަނޑަށް ފާހަގަކުރެވުނީ ރައީސް އެ ކާމިޔާބީ ހޯއްދެވި ގޮތް" 

ޒަމީރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރ ޒަމީރު މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް މި ސަރުކާރުން ގެންދަނީ ބާރަށް ހަލުވި ސްޕީޑުގައި ކުރަމުންނެވެ. އަދި މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ފުރަތަމަ ގްރޫޕް މިއަންނަ މަހުގެ 10 ވަނަ ދުވަހު ރާއްޖެ ދޫކޮށް ދާނެއެވެ. އަދި ދެންތިބި ސިފައިން ދެމަސްތެރޭ ރާއްޖެ ދޫކޮށް ފައިބާން ޖެހޭނެއެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.