ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް
ހަބަރު
07 Feb 2024 | 09:08
މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މާލީ އިދާރާތަކުން ބަލައިގެންފި: ރައީސް މުއިއްޒު

މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައިސް ޤައުމުގެ އިޤްތިޞާދު  ރަނގަޅުކުރުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށް ކަމަށް ވަރލްޑް ބޭންކާއި އައި.އެމް.އެފް. އިން ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް  ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިއަދު ތ.ދިޔަމިގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ހާލަތަކީ ރަށްރަށަށް ތަރައްޤީ ގެނެސް ދިނުމަށް އޮތް ހުރަކަށް ދައްކަވަން ބޭނުން ނުވި ނަމަވެސް ޤައުމުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ސާފުކޮށް އޮޅުން ފިލުވައިދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދާދިފަހުން އައި.އެމް.އެފް. އަދި ވާރލްޑް ބޭންކުގެ ބޭފުޅުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިޤްތިޞާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށް އެފަރާތްތަކުން ހާމަކުރައްއްވާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އައި ވަރަކަށް ރާއްޖޭގައި ހިންގޭ ތަރައްޤީގެ ޕްރޮޖެކްތައް އިތުރުވެ ހަލުވިވެގެން ދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ