އިއްޔެ ރޯވި ވެމްކޯ އުޅަނދުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ވެމްކޯ
ހަބަރު
07 Feb 2024 | 12:59
ކުނި ރަނގަޅަށް ވަކި ކުރުމަށްފަހު ހަވާލު ކުރުމަށް ވެމްކޯ އިން އެދެފި

އުކާލުމަށް ހަވާލުކުރާ ކުނި އޭގެ އެންމެ ފުރިހަމަ ގޮތުގައި ވަކިކުރުމަށް ފަހު ހަވާލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދެފިއެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވެމްކޯގެ އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަދަ ކަންކަން ދިމާވާ މެދުވެރިވާ މައިގަނޑު ސަބަބަކީ ކުނި ވަކިނުކޮށް، ނުރައްކާތެރި މާއްދާތައް ހިމެނޭ ކުނި، ދުވަހު ކުންޏާއި އެއްކޮށް ބަންދުކޮށްފައި ހުރުން ކަމަށެވެ. އަދި އުކާލާ ކުނީގެ ތެރޭގައި ނުރައްކާތެރި ކުނި ކުރިނަމަ، ވެމްކޯގެ މުއައްޒަފުންނާއި ހިއްސާ ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އިއްޔެގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގީ ވެމްކޯގެ ކުނި އުފުލާ ކޮމްޕެކްޓަރެއްގައެވެ. މިކަން ދިމާވި ވަގުތު، އާންމުން އުޅޭ ސަރަހައްދުން އަވަހަށް އުޅަނދު ވެމްކޯ ޓްރާންސްފާ ސްޓޭޝަނަށް ގެންދިޔަ ޑްރައިވަރު ސުއޫދު މުހައްމަދުގެ ދުރުވިސްނުމުން އާންމުނާއި މުދަލަށް ކުރިމަތިވެދާނެ ގެއްލުން ކުޑަވެގެން ދިޔަކަން ވެމްކޯ އިން ފާހަގަކުރި އެވެ.

ވެމްކޯއިން ބުނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމާއި، ފުލުހުންނާއި، އެ ކޯޕަރޭޝަނުގެ މުއައްޒަފުން ގުޅިގެން މި އަލިފާންކަނޑޫ ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ވެމްކޯއިން ދަނީ ބަލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.