އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
07 Feb 2024 | 18:23
ރަސްމީ ދަތުރަކަށް ޕާސްޕޯޓު ދޫކުރަން އެދުމުން، ބައްސާމް ގެ ޕާސްޕޯޓު ދޫނުކުރުމަށް ކޯޓުން ނިންމައިފި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ބައްސާމް ގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާގެ މައްޗަށް ކުރެވުނު މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާގެ ތަހުގީގު މަރުހަލާގެ ތެރޭގައި، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ 6 އާއި ހިސާބަށެވެ. ނަމަވެސް އޭއެފްސީގެ މި ބައްދަލުވުމަށް ދައުވަތު ލިބުމުގެ ސަބަބުން، ބައްދަލުވުމަށް ދިޔުމަށް ޕާސްޕޯޓް ދޫކުރުމަށް ބައްސާމް އެދިލެއްވުމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު މުރާޖައާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން މިފަދައިން ނިންމީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީއެވެ.

އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ބައްސާމް ގެ މައްޗަށްވަނީ އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށާއި ފީފާ އިން އެފްއޭއެމް އަށް ދިން ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.