ހެލްތު އެކްސްޕޯއާ ގުޅޭ މައުލޫމާތު ދިނުން--
ހަބަރު
08 Feb 2024 | 08:20
ހެލްތު އެންޑް ވެލްނެސް އެކްސްޕޯ، އޭޕްރީލް 18ގައި ބާއްވަނީ

ސިއްހީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ދިނުމަށް ބާއްވާ ހެލްތް އެގަޒެބިޝަން 'ހެލްތު އެންޑް ވެލްނެސް އެކްސްޕޯ 2024' އަންނަ އޭޕްރީލްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

މައު ހޯލްޑިންގް އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާއާ ގުޅިގެން ބާއްވާ މި ހެލްތް އެންޑް ވެލްނެސް އެކްސްޕޯ އޮންނާނީ އަންނަ އޭޕްރީލް މަހުގެ ،18 19 އަދި 20 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. 

މައު ހޯލްޑިންގް އިން ބުނި ގޮތުގައި މި އެގްޒިބިޝަން ގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއ ، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދ ނުމެވެ. 

އަދި ހެލްތް އެންޑް ވެލްނެސް އެކްސްޕޯ ވެގެންދާނ،ީ އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށ،ް އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއ ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރި ތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެގްޒިބިޝަން ހުރިހާ ފަރާތްތަކަށްވެސް ވަނުން މުޅިން ހިލޭކަމަށް މައު ހޯލްޑިންގް އިން މަޢުލޫމާތުދެއެވ.ެ އަދި މި އެގްޒިބްޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތު ލިބޖގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހެލްތު އެންޑް ވެލްނެސް އެކްސްޕޯ ގެ މަޤުސަދުތައ:ް

● ސިއްހީ ދާއިރާއިން ލިބެންހުރ ޚިދުމަތްތަކަށް މުޖުތަމަޢު ހޭލުން ތެރިކުރުވުން

● ސިއްހީ ރަނގަޅު އާދަތަކާއ އުސޫލުތައް މުޖުތަމައަށް އަންގައ ދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން

● ރާއްޖެ އާއި މިބސަރަހައްދުގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއި އެކު ހޯދޭނެ ގޮތަތަކަށް މުޖުތަމަޢު އަހުލުވެރި ކުރުވުން.

● ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދިނުން

މި އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މިބއެކްސްޕޯގައި ބައިވެރި ވެވޭނެއެވ.ެ

ޚާއްސަގޮތެއްގައި ތިރީގައިވާ ފަރާތްތަކަށެވެ. 

● ހޮސްޕިޓަލްސް /ކްލިނިކްސް

● މެޑިކަލް ލެބްސް

● ފާމަސޫޓިކަލްސް/ ފާމަސީ

● ބިއުޓީކެއަރ / އޮޕްޓިކަލްސް

● ފޫޑް އެންޑް ނިޔުޓްރިޝަން

● ހެލްތް އިންޝުރެންސް

● މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ

● ޓްރޭޑިޝަނަލް މެޑިސިން އަދި ސްޕާ

● މެޑިކަލް ޓުއަރިޒަމް ފެސިލިޓޭޓަރސް

● ފިޓްނަސް ސެންޓަރސް

● އެއާރލައިންސް

● މެޑިކަލް ރިސާޗާރސް

● އައިޓީ ސޮލުޝަންސް އެންޑް އިންފްރާސްޓރަކްޗަރ ކުންފުނިތައް

● ދިވެހ ބޭސް ފަރުވާދޭ ތަންތަން

● ކުލަބް ޖަމިއްޔާތައް

"ހެލްތު އެންޑް ވެލްނެސް އެކްސްޕޯ 2024" ގައ ބައިވެރި ވާން ބޭނުންވާ ފަރާތްކުން MV.HEALTHANDWELLNESSEXPO@ADMIN އަށް އީމެއިލު ކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުދޭނެ ކަމަށް މައު ހޯލްޑިންގއިން މަޢުލޫމާތުދެއެވ.ެ އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 9743142 އަށްކަމަށްވެސް މައު ހޯލްޑިންގއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ