ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ވޮއިސް
ހަބަރު
08 Feb 2024 | 10:21
އިތުރު ރިސޯޓް ހުޅުވައި، ރަށާއި ކައިރި ރިސޯޓް ތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭނަން: ރައީސް

ޒުވާނުންނަށް، އެމީހުން ދިރިއުޅޭ ރަށާއި ކައިރި ރިސޯޓް ތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އިތުރު ރިސޯޓްތައް ތަރައްގީ ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ޕްރޮގްރާމް "ރައީސްގެ ޖަވާބު"ގައި، ތ. ވޭމަންޑޫ ޒުވާނެއް ކަމަށްވާ އާދަމް ރިފާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އެގޮތުން، ތ އަތޮޅުގައިވެސް ހުންނަނީ އެންމެ ރިސޯޓެއްކަން ފާހަގަކުރައްވައި ރިފާޒް ވަނީ، އެ އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވައި، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުގެ ޕްލޭންގައި އޮތް ތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ޒުވާނުންނާއި، އެކި އުމުރުފުރާގެ ބޭފުޅުންނަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެކަމަށްޓަކައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވެސް މުހިންމު އިސްކަމެއް ދެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މިއާއެކު ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ރިސޯޓުގައި ތިބެގެން ވަޒީފާ އަދާކުރުމަށްފަހު ކައިރީގައި އޮންނަ އަމިއްލަ ރަށަށް ފަސޭހައިން ދެވޭނެ ގޮތަކަށް ރިސޯޓުތައް އިތުރުކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތ. އަތޮޅަށް އަޅުގަނޑުމެންގެ މިދައުރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ގެންނާނަން. ވަރަށް ޔަޤީންކަން ދެން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ދަތުރުފަތުރުން ގުޅުވާލުމަކީވެސް މުހިންމު ކަމަކަށްވާއިރު ކޮޅުމަޑުލުގައި 3 އެއަރޕޯޓް ތަރައްޤީވެގެންދާނެ ކަމަށެވެ.

އަދި އެ އެއާޕޯޓް ތަކުގެ މަސައްކަތް ނިމުމުން ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތަކަށްވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މުޅި އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތް ތަކުން ރާއްޖެއަށް އިންވެސްޓަރުން އިތުރު ވާނެ ކަމަށް ރައީސް ވަނީ ލަފާ ކުރައްވާފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ވެގެން ދިޔުމުންވެސް ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ވާނެ ކަމަށެވެ. 

"ޒުވާނުންނަށް، ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ހޯދޭނެ، ވަޒީފާ ކިބޭނެ ލިބޭ ފުރުސަތު ފަހިކޮށްދޭނަން އިރާދަކުރެއްވިޔާ ހަމަ ވަރަށް އަވަހަށް ފެނިގެންދާނެ. އެހެން އަތޮޅުތަކުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ، ޒުވާނުންނަށް ރިސޯޓްގައި ތިބެގެން ވަޒީފާ އަދާކޮށްފައި ކައިރީގައި ހުންނަ އޭނާގެ އަމިއްލަ ރަށަަށް ފަސޭހައިން ދެވޭ ކަހަލަ ގޮތަކަށް، އެކި ހިސާބު ތަކަށް ރިސޯޓްތައް އިތުރުކުން." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން ތ އަތޮޅުގައިވެސް މިއަހަރު ތެރޭގައިވެސް ރިސޯޓެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށާ އަދި މުޅި ތ. އަތޮޅު ކަވަރު ކުރެވޭ ގޮތަށް ގިނަ ރިސޯޓުތަކެއް މި 5 އަހަރުގެ ތެރޭގައި ގެނެސްދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.