އައްޑޫ ސިޓީ/ ފޮޓޯ:
ހަބަރު
08 Feb 2024 | 09:59
އައްޑޫ ސިޓީން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

އައްޑޫ ސިޓީން ބޯހިޔާވަހިކަމަށާއި ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެެވެ.

މި ގުރުއަތުލުން ކުރިޔަށްދާނީ މިއަދާއި އަންނަ ހޮނިހިރު ދުވަހުގެ ވަޤުތެއްގައެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށުން ދޫކުރާ 1000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި އިރު 4160 ފޯމު ހުށައަޅާފައިވެއެވެ. މީގެ ތެރެއިން 4052 މީހެއްގެ ޝަރުތު ހަމަވާ ކަމަށާއި، މި އެންމެންނަށް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ. 

މީގެއިތުރުން ކައުންސިލުން ބުނީ މިފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ ލިސްޓާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. މިބުރުގައި ހިތަދޫން ދޫކުރާ 500 ގޯތީގެ ގުރުއަތުލުން ބުދަ ދުވަހު ފަށާފައިވާއިރު، އޭގެ ތެރެއިން 150 ފަރާތުން ގުރުއަތު ނަގާފައި ވެއެވެ. މިއަދު އަނެއް 150 ގޯތީގެ ގުރުއަތު ނަގާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ހުޅުދޫން ދޫކުރާ 100 ގޯއްޗާއި މީދޫން ދޫކުރަން ނިންމާފައިވާ 100 ގޯތީގެ ގުރުއަތު ނެގުން ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ފޭދޫން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށްދާނެ ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިހާރި އާންމު ކޮށްފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ އެންމެނަށް ގޯތި ދޫކޮށް ނިންމުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.