އެމްޕީއެލް ގެ ޕޯޓް ކޮމްޕްލެކްސް-- ފޮޓޯ: ޕީއެސްއެމް
ހަބަރު
08 Feb 2024 | 14:12
ބާވެފައިވާ އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ތަޅާލައި، އެ ބިމުގައި 25 ބުރީގެ އިމާރާތެއް އަޅަނީ

ވަރަށް ބޮޑަށް ބާވެފައިވާ "އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް" އިމާރާތް ތަޅާލައި، އެ ބިމުގައި 25 ބުރީގެ ޒަމާނީ އިމާރާތެއް އެޅުމަށް ނިންމައިފިއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މިހާރު އޮފީސްތަކެއް ހިނގަމުން އަންނަ އެމްޕީއެލް އެ ހުރި ބިމުގައި ޒަމާނީ ފުރިހަމަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ ޖޫން މަހު ހަވާލު ކުރާނެ ކަމަށެވެ. އަދި މި އިމާރާތަކީ  ރާއްޖޭގައި ހޭދޭ އެންމެ ފުރިހަމަ އިމާރާތަކަށް ވާނެ ކަމަށާއި މިއީ އެމްޕީއެލްއަށް ރަނގަޅު އާމްދަނީއެއް ލިބި ރާއްޖޭގެ އިގްތިޞާދަށް ވެސް ފައިދާ ލިބިގެން ދާނެ ކަމެއް ކަން ވަޖީހު ފާހަގަކުރެއްވިއެވެ.

އާ ޓަވަރު ގެ ޑިޒައިން ނިމިފައިވާއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއްވެސް މިހާރު ލިބިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އެ ތަނަކީ ރާއްޖޭގައި ހެދޭ އެންމެ ފުރިހަމަ އިމާރާތަކަށް ވާނެ. އެ ކޮންސެޕްޓް ހަދައި ޑިޒައިންވެސް ވަނީ ނިމިފައި. ކޮންޓްރެކްޓާ ވެސް އެބަހުރި ލިބިފައި، އެ ފަރާތުން ކޮންޓްރެކްޓާ ފައިނޭންސުގެ ދަށުން އެކަން ކޮށްދޭނެ. މިއީ އެމްޕީއެލްއަށް ރަނގަޅު އާމްދަނީއެއް ލިބިގެން ދާނެ ކަމެއް. އަނެއްކާ ރާއްޖޭގެ އިގްތިސޯދަށް ވެސް ފައިދާ ވެގެން ދާނެ."

ވަޖީހު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޖީހު ވަނީ އެމްޕީއެލްގެ ބާ އިމާރާތް ހުންނަތާ ވަރަށް ޒަމާންވެފައިވާ ކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ބޮލަށް ވާރޭ ވެހޭ މައްސަލައަކީ އެތަނުގައި އޮފީސްތައް ހިންގާ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާ އެއް ކަން ވަޖީހު ފާހަގަކުރައްވަމުން ވިދާޅުވީ، އެ ތަނުގައި އިމާރާތުގެ އިތުރުން ބޮޑު ޖާގައެއް އެބައޮތް ކަމަށެވެ. އާ އިމާރާތް ބިނާކުރާއިރު، އެ އިމާރާތުގައި ޝޮޕިންގެ ވަސީލަތްތަކާއި، ޕާކިންގެ ހިދުމަތް ތަކާއި، އޮފީސްތަކަށް ހާއްސާ ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ