އަލްހާން ފަހުމީ-- ފޮޓޯ: ސަން
ހަބަރު
08 Feb 2024 | 15:02
ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމްކޮށްފި

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުމުގައި ބުނެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން މާޗު 7 އާއި ދޭތެރޭ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެ މީހަކު ސްކީމަށް އިންވެސްޓު ކުރި ފައިސާ އާއި، އެ ފައިސާ ބޭނުންކޮށްގެން ލިބުނު ފައިދާ އަދި ކޯޓު ހަރަދު ގެ ޖުމުލަ 1،155،750 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

މި ދެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކި ވަކިންނެވެ. މި މައްސަލަތަކަށް ސިވިލް ކޯޓުން ހުކުމް ކުރީ ކިންގްސް ކެޕިޓަލް އާއި އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ އަލްހާނު ފަހުމީ އާއި ޝަހުބާން ފަހުމީގެ ޣައިރު ހާޒިރުގައެވެ.

ފުރަތަމަ މައްސަލައިގައި މައްސަލަ ހުށައެޅި ފަރާތް ކަމުގައިވާ ޝާއިލް މުހައްމަދު ޝާކިރު، އަންނާރުމާގެ، ހއ.ހޯރަފުށި އަށް ޖުމްލަ 897،000 ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކުރި އެވެ. އެއީ އޭނާ އިންވެސްޓު ކުރި 200،000 ރުފިޔާ އާއި ފައިދާގެ ގޮތުގައި ދޭންޖެހޭ 580،000 އާއި ޝަރީއަތުގެ ހަރަދަށްވާ 117،000 ރުފިޔާ އެވެ.

ދެވަނަ މައްސަލިައގައި މައްސަލަ ހުށައެޅި ފަރާތް ކަމުގައިވާ މުހައްމަދު ނަޝާޠު، ފިނިފެންމާގެ، މ.ކޮޅުފުށި އަށް އޭނާ ސްކީމަށް ހޭދަ ކުރި ފައިސާ ކަމުގައިވާ 50،000 ރުފިޔާ އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 225،000 އާއި ކޯޓު ހަރަދުގެ ގޮތުގައި ހޭދަވި 33،750 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި ސްކީމަށް އިނވެސްޓް ކުރި އިތުރު ތިން މީހަކަށް ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އަލްހާން މައްޗަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމުގައިވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުވާކުރަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެމީހުންގެ މައްޗަށް މިހާތަނަށް ޖުމްލަ 39 ދަޢުވާއެއް ކޮށްފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ