ރައީސް ގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގިނަ އަދަދެއްގެ ބަޔަކާއި ބައްދަލުކުރައްވާ ސަލާމްކުރައްވާފަ
ހަބަރު
08 Feb 2024 | 20:12
ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް  ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 3 ދުވަހަށް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮޅުމަޑުލުގެ 10 ރަށަކަށް ވަޑައިގަންނަވާފައެވެ. އެގޮތުން  އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާފައިވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އަޤްލަބިއްޔަތެއް ހޯއްދަވައިދެއްވި ތ. ގުރައިދޫއަށެވެ. ދެން އެމަނިކުފާނު ވަޑައިގަންނަވާފައި ވަނީ ދިޔަމިގިއްޔަށާއި، މަޑިފުއްޓަށާއި، ވޭމަންޑޫއަށާއި، ބުރުންޏަށާއި، ކަނޑޫދޫއަށާއި، ވަންދޫއަށާއި، އޮމަދޫއަށާއި، ކިނބިދޫއަށާއި އަދި ގާދިއްފުށްޓަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ މި ދަތުރުފުޅުގައި 10 ރަށަށް ވަޑައިގެންނެވި ނަމަވެސް ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނުވަނީ ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ މި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ނިމިދިޔަ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ތ.އަތޮޅުގެ ރަށްތައް ރާޑަރުން އެކަހެރި ކޮށްލައިފައި އޮތްއޮތުމަށް ނިމުން ގެނެސް ދެއްވާ، އެމަނިކުފާނުގެ ވެރިކަމުގައި ތ.އަތޮޅުގެ ރަށްތަކަށް ބޭނުންވާ އެންމެ ފުރިހަމަ ތަރައްޤީ ގެނައުމުގައި ބުރަކޮށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަމެވެ.

"އިރާދަކުރެއްވިއްޔާ މި އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ، ތަރައްގީ ވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ހަދައިދޭނަމޭ" 

ކަނޑޫދޫގައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެކު ސަރުކާރުގެ ތަފާތު ވުޒާރާތަކުގެ ވަޒީރުން ހިމެނިވަޑައި ގަންނަވާހެން މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.