ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
11 Feb 2024 | 02:17
ދަ ޑިމޮކްރެޓްސް ގެ އިސް މަގާމުގައި ތިބި ފަރާތްތަކެއް މަގާމުން އިސްތިއުފާ ދީފި

ދަ ޑިމޮކްރެޓްސް ގެ އިސް މަގާމުގައި ތިބި ފަރާތްތަކެއް އެ މަގާމުން އިސްތިއުފާ ދީފިއެވެ.

މިގޮތުން ދަ ޑިމޮކްރެޓްސް އިސްތިއުފާ ދިން މަގާމް ތަކުގެ ތެރޭގައި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ޔަންގް ޑެމްސް ލީޑަރާއި ޑިމޮކްރެޓްސް ގެ މަހިބަދޫ ދާއިރާގެ ރައީސް ހިމެނެއެވެ. 

މީގެ އިތުރުންވެސް މިދިޔަ ހަފްތާގެ ތެރޭގައި އެ ޕާޓީގެ ކޮލަމާފުށި އަދި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ރައީސް އާއި، އައްޑޫ ސިޓީ ވިމެންސް ޑިމޮކްރެޓް ލީޑަރ ވެސް ވަނީ ޕާޓީގެ މި މަގާމް ތަކުން އިސްތިއުފާ ދީފައެވެ.

އެ ފަރާތްތަކުން ޕާޓީގެ މި މަގާމްތަކުން އިސްތިއުފާ ދިން ސަބަބު ތަކުގެ ތެރޭގައި އެންމެ އެދެވޭ މިންވަރާއިވެސް ގާތަށް ޕާޓީގެ ޒުވާނުންގެ ކަންކަމުގައި ޕާޓީން އަޅާނުލުމާއި، މިކަންކަމާއި މެދު ޕާޓީން އިހުމާލުވެ، މިދިޔަ އަހަރުގެ ޑިސެންބަރު މހުގެ 2 ވަނަ ދުވަހު ބޭއްވުނު އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އަދިވެސް ޕާޓީން ސާފުކޮށްދީފައި ނުވުން ހިމެނެއެވެ.

މި މަގާމްތަކުން އިސްތިއުފާ ދީފައިވާއިރު، ޕާޓީގެ އިންތިހާބު ނުބާއްވާ ފަސްކުރަމުންދާތީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ނުރުހުން ފާޅު ކުރަމުން ދަނިކޮށް އެޕާޓީން ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުން ބާތިލު ކުރި މަގާމްތަކުގެ އިންތިހާބު މި ފެބްރުއަރީ މަހުގެ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައެވެ.

މި މަގާމްތަކުގެ ނަތީޖާ އެ ޕާޓީ އިން ބާތިލު ކުރީ އެޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި، އިންތިހާބީ ޝަކުވާތަކާއި، ވަގުތީ ނަތީޖާއަށް ލިބުނު ޝަކުވާތަކާއި އަދި ވޯޓު ހައްގުވާ މިންވަރަށްވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކޮށްފައިވާ ފޮށިތަކުގެ ނަތީޖާތައް ވަޒަންކުރުމަށްފަހު، އެ ޕާޓީގެ ވަގުތީ އިންތިހާބާއި ބެހޭ ކޮމިޓީއިން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.