ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Feb 2024 | 10:50
އަލި ރަސްގެފާނުގެ ޖިހާދު، އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާތަބު ކުރޭ: ރައީސް މުޢިއްޒު

ޝަހީދުންގެ ދުވަސް، އެބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ޢަލީ ރަސްގެފާނު، އިސްލާމްދީނަށާއި، ދިވެހި ގައުމުގެ ދިފާޢުގައި ކުރެއްވި ޖިހާދު، އަދުގެ ސިޔާސީ ފަރާތްތަކާއި މުޚާތަބުކޮށް ވާހަކަތަކެއް ބުނާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޝަހީދުންގެ ދުވަހުގެ މުނާޞަބަތުގައި ރައީސް މުޢިއްޒު މިއަދު ދެއްވި ޚިތާބުގައި އެމާނިކުފާނު ވިދާޅުވީ މި ދުވަސް ދިވެހިންނާއި ބައްދަލުކުރަނީ މުހިންމު ޤައުމީ އެތައް ފިލާވަޅަތަކަކާއެކު ކަމަށެވެ. އަދި އެ ފިލާވަޅުތައް ދޭހަކޮށް ޢިބުރަތް ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ބަލައިލަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ވެރިކަމުގެ ދަހިވެތިކަމުގައި ހަސަން ރަސްގެފާނު ދިވެހި ގައުމަށް ޕޯޗުގީޒުން ގެނެސް ރާއްޖެ އަޅުވެތި ކުރުވި ހާދިސާގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލި އަޅުވާލައްވާފައެވެ. 

އެގޮތުން އެންމެ ފުރަތަަމަ، ހިލާލީ ދަރިކޮޅުގެ ތެރޭގައި އޮތް ވެރިކަމުގެ ވާދަ ބޮޑުވެ، އެ ދަރިކޮޅުގެ މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނާ ހިސާބުން އެކަން ރާއްޖޭގެ އިން ފަހަނައަޅައި ގޮސް އުތުރު ކަރައިގެ ކަންނައްނޫރު ޢަލީރާޖާއާ ހަމައަށް ދިޔަ ކަމަށާ، ތިން ފަހަރެއްގެ މަތިން ޢަލީރާޖާގެ އެހީގައި، ރާއްޖޭގެ ރަސްކަން އޭނާ ހޯއްދެވި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ޢަލީރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި ކަޅުމުޙައްމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް. އޭގެ ތެރޭގައި، އޭރު ދިވެހީން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވި. އަނެއް ފަހަރެއްގައި ރާއްޖޭގެ ރަސްކަން ހޯއްދަވަން ޢަލީރާޖާއާއެކު ހެއްދެވި މުޢާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި، ދިވެހިރާއްޖެއަށް ލިބޭހާ ރަނާއި ބޮއްޔާއި، އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި ޢަލީރާޖާއަށް ދޭގޮތަށް ނިންމެވި. އޭގެ އިތުރަށް، ރ. ކިނޮޅަހާއި، ނ. ކެނދިކުޅުދޫ ޢަލީރާޖާއަށް ދޫކޮށްލެއްވި." ރައީސް މުޢިއްޒުގެ ޚިތާބުގައި ކިޔައި ދެއްވާފައި ވެއެވެ.

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ، ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ޙަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ތެރެއިން ކަމަށެވެ. 

އެހެންވީމާ، ޝަހީދުންގެ ދުވަހަށް އަލިވިލޭއިރު، އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް. އަމިއްލަ އެދުމާއި، ވެރިކަމުގެ ބޭނުމުގައި ޤައުމު ހަލާކުގެ ތެރެއަށް އެއްލައިލުން. ދިވެހީންގެ މުދަލާއި، މިނިވަންކަމާއި، ދީން ޤުރުބާންކޮށްލުން. ކުޑަވެސް ރަޙުމެއް، އަގަލެއް ކުލުނެއް، މި ޤައުމާ މެދު ނެތުން. ހެޔޮ އިޚްލާޞްތެރި ނިޔަތެއް، މި ލޮބުވެތި ދިވެހި ފަސްގަނޑާ މެދު ނެތުން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު 9 ވަނަ ޙަސަން ރަސްގެފާނާ ޕޯޗުގީޒުންނާ އުފެދުނު ގުޅުމުގެ ތެރެއިން އޭނާ އިސްލާމްދީން ދޫކޮށް ޕޯޗުގީޒުންނާއެކު ރާއްޖެއަރައި ޢަލީރަސްގެފާނު ޝަހީދުކޮށްލީ، މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު، ހިޖުރީ ގޮތުން، 1 ޝަޢުބާން 965 ގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

މުޅި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުން. ހަމައެއާއެކު، މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ހަމަ އެހެންމެ، އޭގެ އަނެއް ކޮޅުން ފެންނަނީ ޢަލީ ރަސްގެފާނުގެ އީމާނުގެ މަތިވެރިކަމާއި އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަން ކަން ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

އެގޮތުން ގާތްގަނޑަކަށް ގިނިކަންޏާ ކަހަލަ ގޮތަކަށް އެންމެ ދެތިން މީހުންނާއެކު މައިދާނަށް ނުކުމެވަޑައިގެން، ޢަދުއްވުންނާ ކުރިމަތިލައްވައި އެމަނިކުފާނު ޝަހީދުވި ވެވަޑައިގެންނެވި އިރު، އަމިއްލަ ފުރާނަފުޅަށްވުރެވެސް އެމަނިކުފާނު އިސްކުރެއްވީ ދީނާއި ޤައުމަށް ތެދުވެރިވުމާއި ދައުލަތަށް ވަފާތެރިވުން ކަމަށް ވިދާޅުވި އެވެ. 

ޢަލީ ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާޠަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. ޢަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުޚާޠަބުކުރޭ. ޚަބަރު ފަތުރާއިރު، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. ޢަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް الله ޙައްޤަށް ނަޞްރު ދެއްވާނެކަމެވެ. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމަށެވެ. 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން، ރައީސް މުޢިއްޒު ވަނީ ޤައުމަށް ތެދުވެރިވެ ދީނަށް ޙުރުމަތްތެރިކޮށް ހިތައި ދައުލަތަށް ވަފާތެރި ބަޔަކަށް ވުމަށް ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ. 

ހިޖުރީ ގޮތުން ޝަޢުބާން މަހުގެ 1 ވަނަ ދުވަހަކީ ޝަހީދުުންގެ ދުވަހުގެ ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ރަސްމީކޮށް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ ހިޖުރީ ގޮތުން 1400 ވަނަ އަހަރުން ފެށިގެންނެވެ. މި އަހަރު މި ފާހަގަކުރަނީ، މި ތާރީޚުން ބަލާނަމަ، 46 ވަނަ ޝަހީދުންގެ ދުވަހެވެ. ހާދިސާ ހިނގި ތާރީޚަށް ބަލާނަމަ، 480 ވަނަ ޝަހީދުންގެ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.