ހައުސިން މިނިސްޓަރު ޑރ ޢަލީ ހައިދަރު އަޙުމަދު-- ފޮޓޯ: ވޮއިސް
ހަބަރު
11 Feb 2024 | 13:31
ފުލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލުކުރަން އުޅޭ ވާހަކަތައް މިނިސްޓްރީން ދޮގުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން ބާތިލުކުރަން އުޅޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިމްރާން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ގެ ލިސްޓް ބާތިލު ކޮށް، ސަރުކާރުން އަލުން ލިސްޓް ހަދަން އުޅޭ ކަމަށް ބުނެ މީޑިއާ ތަކުގައި ދައުރުވަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

މިއީ އެތައް ރައްޔިތުންނެއްގެ އިހުސާސް ތަކާއި ގުޅޭ ކަމަކަށްވާއިރު، އެކަމާއި ގުޅުވައިގެން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ނޭދޭވޭ ނަތީޖާތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އިމްރާން ވަނީ ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ޒިންމާދާރުވެ، ދޮގު ޚަބަރުތައް ނުފެތުރުމަށް އެދިލައްވާފައެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް އޭސީސީ އަށް ހުށައެޅި ޝަކުވާތަކާ ގުޅިގެން ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލަން މީގެ ކުރިން ވަނީ މިނިސްޓްރީ އަށް އަންގާފައެވެ. ނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްްސަލަ ތަހުގީގުކޮށް، މައްސަލަ ހުރި ފޯމްތައް މުރާޖާކުރުމަށް ފަހު ފްލެޓްތައް ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އަށް ވަނީ ދީފައެވެ.

ސޯޝަލް ހައުސިން ހޯދުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލީ 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 13،000 މީހުން ޝަރުތު ހަމަވެއެވެ. އެހެންނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރުމުގެ މަސައްކަތް ހިނގަނީ 4000 ފްލެޓްގައެވެ.

ސަރުކާރުން ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ނިންމާ، އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ