ޕާކިސްތާނުގެ އިންތިހާބުގެ ވޯޓު ގުނަނީ--ފޮޓޯ--ރޮއިޓާސް
ދުނިޔެ
11 Feb 2024 | 15:16
ޕާކިސްތާނުގެ އިންތިހާބާއި ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

މިމަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުނު އާންމު އިންތިހާބުގެ މަރުހަލާ އާއި މެދު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި އިންތިހާބު ބޭއްވިތާ 3 ދުވަސްވެފައިވާއިރު ވެސް ނަތީޖާ އިއުލާން ކޮށްފައިނުވާތީ މި ތިން ގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިންތިހާބާ ދިމާކޮށް އެކްޓިވިސްޓުން ހައްޔަރު ކުރުމާއި އިންތިހާބުގައި ހިނގައިދިޔަ ކަންކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވައިލައިފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންތިހާބުގެ ތެރޭގައި ޕާކިސްތާނުގެ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ކަމަށާއި، ނޫސްވެރިންނާއި މެދު ހިނގާ އަނިޔާވެރިކަން ކަންތައްތައް ކުރާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައެވެ. އަދި ސުލްހަވެރިކަމާއި އެކު އިންތިހާބު ކުރިއަށް ގެންދިއުމަށް ވެސް އެމެރިކާއިން ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ހަމަހަމަކަން ގާއިމު ކުރުމަށް ބާރުއަޅާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުންވެސް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތުން ބުނެފައިވަނީ ޕާކިސްތާނުގެ ވެރިކަމާއި ހަވާލުވާނެ ސަރުކާރަކާއި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި ވަކި ޕާޓީއަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް އެއްވެސް ގައުމަކުން މަރުހަބާ ނުކިޔާ ކަމަށެވެ.

ޕާކިސްތާނުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އަދިވެސް އިއުލާންކޮށްފައި ނުވާއިރު، މި އިންތިހާބުގެ އެންމެ ވާދަވެރި ދެ ބޭފުޅުން ކަމަށް ވާ ޕާކިސްތާނުގެ ކުރީގެ ދެ ބޮޑު ވަޒީރުން،  ނަވާޒް ޝަރީފާއި އިމްރާން ޚާން ވަނީ އިންތިހާބު ކާމިޔާބު ކުރެވުނު ކަމަށް ބުނެ އިއުލާން ކޮށްފައެވެ.

ޕާކިސްތާނުގެ ގައުމީ މަޖިލީހުގައި 265 ގޮނޑިހިމެނޭއިރު، ސަރުކާރު އެކުލަވާލުމަށްޓަކައި، އަޣުލަބިއްޔަތު ހޯދުމަށް ޕާޓީއަކަށް 133 ގޮނޑި ކަށަވަރު ކުރަން ޖެހޭނެއެވެ.މިހާތަނަށް އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން އެއް ޕާޓީއެއްގެ ގޮތުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީންނެވެ. އެޕާޓީން ވަނީ 71 ގޮނޑި ކާމިޔާބު ކޮށްފައެވެ.

އެހެންނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނެވެ. 98 ބޭފުޅަކު މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، މި ބޭފުޅުންނަކީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީ އަށް ތާއީދު ކުރާ ކެނޑިޑޭޓުންނެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން ޕާޓީގެ ގިނަ ކެނޑިޑޭޓުން ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ.

މި އިންތިހާބުގައި އިމްރާން ޚާނަށް ވާދަކުރމުގެ ރުފުސަތު ގެއްލިފައިވާއިރު، އެބޭފުޅާ އާއި އަނބިކަބަލުން ބުޝްރާ ބިބީ ދަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަަލު ހުކުމް ތަންފީޒުކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ