ފައިލޭރިއާ ޖެހިފައިވާ މީހެއް--
ހަބަރު
11 Feb 2024 | 16:44
މުޅި ރާއްޖެ އަށް އަމާޒުކޮށްގެން، ފައިލޭރިއާ ސްކްރީނިން ޕްރޮގްރާމް މި ހުކުރުގައި ފަށަނީ

ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިޔާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި، މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ފައިލޭރިޔާ ސްކްރީނިން ޕްރޮގްރާމް ފެބްރުއަރީ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު އިއުލާން ގައި ބުނެފައިވަނީ މި ސްކްރީނިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓް ތަކުގައި ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިކުރެވޭނީ، ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވާލެވޭ 18 އަހަރުން މަތީގެ ދިވެހީންނާއި ބިިދޭސީން ކަމަށާއި މި ސްކްރީނިން އަށް ގުރުއަތުން ހޮވޭ ފަރާތްތަކުގެ ގޭގެއަށް އެ ދުވަހުގެ ހަވީރު 4 އިން ފެށިގެން ރޭގަނޑު 9 އަށް ޓީމުތައް ޒިޔާރަތް ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. ބިދޭސީން ޓެސްޓް ކުރުމާއި ގުޅޭ ގޮތުން އެ އިދާރާއިން މަސައްކަތްދޭ ފަރާތްތަކާއި މުއާމަލާތު ކުރާނެ އެެވެ.

އެޗްޕީއޭއިން ފައިލޭރިއާ އަށް ޓެސްޓް ކުރުމަށް ހަމަޖެހިފައިވަނީ ލޭ ނަގައިގެން، އެންޓިޖެން ޓެސްޓް ކިޓް ބޭނުން ކޮށްގެންނެވެ. މި ޓެސްޓް ގެ ނަތީޖާ 10-15 މިނިޓް ތެރޭ ލިބޭނެއެވެ.

ޓެސްޓް ހެދުމަށް ފަހު ބައްޔަށް ޕޮސިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ބައްޔަށް ދޭ ބޭސް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބޭސް ކާން ޖެހޭނީ އެއްފަހަރު ކަމަށާއި، މި ބޭސް ކެއުމުން ބައްޔަށް ފަރުވާ ކުރެވުމާއި އެކު، ބަލި ފެތުރުން ހުއްޓިގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ފެބްރުއަރީ 12 ވަނަ ދުވަހު މި ސްކްރީން ޕްރޮގްރާމް ޕްރީ ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރާނެ ކަމަށާއި ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދު ތަކެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ ފައިލޭރިއާއަށް ސްކްރީން ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް އެންމެހާ ރައްޔިތުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާގެ ވޭދަނަ އެއް ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ބަލީގެ ވޭދަނަ ތަކެއް މާލެ ސަރަހައްދުންވެސް ވަނީ ފެނިފައެވެ. މިއާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ފައިލޭރިއާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ