އެފްސީ ފްރިގޭޓާއި ޓީމު ހިޔާ ބޮޓްލިން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
11 Feb 2024 | 21:46
ފަހަތުން އަރައި ޓީމު ހިޔާ ބަލިކޮށް ފްރިގޭޓާ އިން މުބާރާތް ފެށީ މޮޅަކާއެކު

ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު އެފްސީ ފްރިގޭޓާއި ޓީމު ހިޔާ ބޮޓްލިން ވާދަކުރި ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު އެއް ސެޓުން އެފްސީ ފްރިގޭޓާ އިން ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ސެޓް ފަސޭހަކަމާއި އެކު 17-25 އިން ޓީމް ހިޔާ ބޮޓްލިން ކާމިޔާބުކުރި، ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓް އެފްސީ ފްރިގޭޓާ އިން ކާމިޔާބުކުރީ 27-29 އިންނެވެ. އަދި ތިންވަނަ ސެޓް 18-25 އިން ކާމިޔާބުކުރިއިރު ހަތަރުވަނަ ސެޓް ފަސޭހަކަމާއި އެކު 13-25 އިން ކާމިޔާބުކުރި ފްރިގޭޓާ އިން ވަނީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ފްރިގޭޓާގެ ޖާޒީ ނަމްބަރ 10 ޝާހާ އެވެ.

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޝާހާ

މިމުބާރާތަކީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. 

އެފްސީ ފްރިގޭޓާއި ޓީމު ހިޔާ ބޮޓްލިން ވާދަކުރި މެޗުގެ ތެރެއިިން

ޗެންޕިްއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރަތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.

އެފްސީ ފްރިގޭޓާއި ޓީމު ހިޔާ ބޮޓްލިން ވާދަކުރި މެޗުގެ ތެރެއިިން

ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާން ޓީމަކަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ވިއޭނާ ސްޕޯޓްސް ކުލަބު ހަމަޖައްސާފައިވާ އިރު، މުބާރާތްގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ