ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ދިވެހި ބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Feb 2024 | 17:08
ޕައިލެޓް ފޭސް ނިމުމުން އަންނަ ދިރާސީ އަހަރުގައި ރަސްމީކޮށް ގައުމިއްޔަތު މާއްދާ ކިޔަވަދޭނެ: ރައީސް

ކުރިއަށް އޮތް ދިރާސީ އައު އަހަރުގައި ޤައުމިއްޔަތު މާއްދާ ރަސްމީކޮށް ކިޔާވައިދޭން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޤައުމިއްޔަތުގެ މާއްދާ މިހާރު މިވަގުރު ލ. އަތޮޅު އެއްވެސް ސުކޫލެއްގައި ކިޔަވައި ދޭން ނުފަށާތީ އެ އަތޮޅު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ ދުވަހަކާއި ގުޅޭގޮތުން މާވަށު ސްކޫލުގެ ޕްރިންސިޕަލް، ލ.މާވަށު، ދުންފިނިގޭ، ޒުލައިޚާ ރަފީޢު، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މިހާރު ހިނގަމުންދަނީ ޤައުމިއްޔަތު މާއްދާގެ ޕައިލެޓް ޕްރޮޖެކްޓް ކަމަށާއި، އެ ޕްރޮޖެކްޓް ކުރިއަށް ދަނީ އެޑިޔުކޭޝަން މިނިސްޓްރީއިން ޚިޔާރު ކުރި 11 ސްކޫލެއްގައި ކަމަށެވެ. އަދި އެގޮތުގެ މަތިން އެ 11 ސުކޫލުގައި މިވަގުތު ކުރިއަށްދަނީ ޕައިލެޓް ކުރުމުގެ އެކިކަހަލަ މަސައްކަތްތައް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއާއިއެކު ރައީސް ވިދާޅުވީ އެހުރިހާ ކަމެއް ނިމުމުން އަންނަ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފައްޓަވާނެ ކަމަށެވެ.

މިހާރު ޤައުމިއްޔަތު މާއްދާގެ އެ ހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކް ފޭސް. 11 ސްކޫލެއް އެޑިޔުކޭޝަން މިނިސްޓްރީ އިން ޚިޔާރުކުރައްވައިގެން އެކިކަހަލަ ޕައިލެޓް ކުރުމުގެ މަސައްކަތްތަކެއް އެ ހިނގަނީ. މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވިއްޔާ ދެންފެށޭ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ރޯލްްއައުޓް ކުރެވިގެން ދާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ކިޔަވައިދިނުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. 

އެގޮތުން ގައުމިއްޔަތު މާއްދާ ތައާރަފްކޮށް، އެންމެ ފުރަތަަމަ ކިޔަވަދޭން ފަށާނީ ގްރޭޑް 4 ގެ ދަރިވަރުންނަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.