މިނިސްޓަރު އިހުސާން އާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް--
ހަބަރު
12 Feb 2024 | 18:39
ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ ސަރުކާރުން އަމަލެއް ނުކުރާނެ: ވަޒީރު އިހްސާން

ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ ސަރުކާރަކުން އަމަލެއް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި ފަދައިން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާނާތުގެ ކުށް ސާބިތުވެ، 11  އަހަރަށް ޖަލަށް ލާފައި ހުރި، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އެއްވެސް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ ވަކި ހައިސިއްޔަތެއްގެ ވަކި މީހަކަށް ވާތީ ޖަލަށް ކޮށްފައި އޮންނަ ހުކުމަކަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ. އަދި ވަކި މީހަކަށް ވާތީ  ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ސިޔާސަތަކީ ގާނޫނާ ގަވާއިދުގެ ތެރެއިން  އޮތް ބާރެއް ނޫން ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

"ވަކި ބޭފުޅަކަށް ވީތީވެ ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ސިޔާސަތެއް، އެއީ ގާނޫނާ ގަވާއިދުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދޭ ބާރެއް ނޫން. އަޅުގަނޑުމެން ސަރުކާރުން ނުކުރާނެ ކަމަކީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ އަމަލެއް ނުކުރާނެ"

މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ވިދާޅުވީ ކުރިންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ ފަދައިން މި ސަރުކާރަކީ ކޯޓުތަކަށް އަތްބޭނުމާއި ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫންކަމަށާއި، ގާނޫނުން ލިބިދޭ ރައްކާތެރިކަމާ ހިމާޔަތް ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ކޮށްފައި އޮންނަ ޖަލު ހުކުމަކަށް ލުޔެއް ނުދެވޭނެ ކަމަށާއި، ލުއި ދެވޭނީ ހަމައެކަނި  ކްލިމެންސީ ބޯޑާ، ޕެރޯލް ބޯޑާ، ރައީސުލްޖުމްހޫރިއްޔާގެ މައާފުން ކަމަށް ވެސް އިހްސާން ފާހަގަ ކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ރައީސް ޔާމީން ގޭ ބަންދަށް ވަނީ ބަދަލު ކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ނުހިނގުމާއި، އެމަނިކުފާނުގެ ޖަލު ހުކުމެއް ލުޔެއް ނުދޭތީ ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
ޔޫސުފް
ކުރީގެ ސަރުކާރުން ރައީސް ސޯލިހް އަދީބަށް މާފުދިނީ ކޮން ހައިސިއްޔަތަކުން..
12 Feb 2024
Ahmed
އަދީބު އާއި ޒިޔަތުއަކީވެސް ތިމައްސަލާގެ މީހުން ކީއްވެ ދޫކޮށްލީ
13 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ