ނިއުރޭޑިއަންޓް އާއި ވިކްޓަރީ ވާދަކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިގެން
ކުޅިވަރު
12 Feb 2024 | 18:56
ނިއުރޭޑިއަންޓް ސެމީގައި ބަލިކޮށް ވިކްޓްރީން ފުރަތަަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކޮށްފި

އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ފުރަތަަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއީ، ވިކްޓަރީގޭ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން، ދެ ވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، ކޯޗަކަށް ހުރީ ވެސް ސޮބާ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ނިއުރޭޑިއަންޓުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މެޗުގެ ފުރަތަަމަ ހަމަލާ ފެނިގެންދިޔައީ ވިކްޓަރީގެ ފަރާތުން ނެވެ. އެގޮތުން ފުރަތަމަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ވިކްޓަރީ އަށް ލިބުނު ހިލޭޖެހުމެއްގައި އެޓީމުގެ ފާރޫކް ޚައިދަރޯވް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ފުރްކަޓްޖޯން ހަސަންބޮއެވް  ފޮނުވާލުމުން ނިއުގެ ކީޕަރު، މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ ހުޝިޔާރުކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

މިހާފުގައި ނިއު ރޭޑިއަންޓުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން  މިދުހަތު ފަހުމީ (ބިޗަޑް) އަށެވެ. ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ  މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ވިކްޓަރީގޭ ޕެނަލްޓީ އޭރިއާ ތެެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މިދުހަތު ކުރިއަށް ފޮނުވާލުމުން ވިކްޓަރީގެ ޕާކިސްތާން ކީޕަރު، ހަނީފް ސާގިބް ހުޝިޔާރުކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

ވިކްޓަރީން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ފައިސަލް އެވެ. މިއީ އެޓީމުގެ މޫސާ ޔާމިން (ޔާމްބެ) މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވިކްޓަރީގެ ލަނޑަށްފަހު ނިއު ރޭޑިއަންޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ އިސްމާއިލް ވިފާގު އާއި މިދުހަތު ފަހުމީ އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ދެޓީމުން ވެސް ފެށީ ބަދަލުތަކަކާއި އެކުގައެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ވިކްޓަރީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އިބްރާހިމް ރިޒްހާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބުން ނުކުންނާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ