ޓީމު ހިޔާ އަދި ޕޮލިސް ޓީމު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
12 Feb 2024 | 21:17
ދެވަނަ މެޗުގައި ޓީމު ހިޔާއިން ވަރުގަދަ ޕޮލިސް ކުލަބު ބަލިކޮށްފި

ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ތިންވަނަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ހޯރަފުށީ ޕޮލިސް ކުލަބާއި ޓީމު ހިޔާ ބޮޓްލިން ވާދަކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ ބޮޓްލިން އިން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި ހޯރަފުށީ ޕޮލިސް ކުލަބުން ކުޅުނު ފުރަތަަމަ މެޗުގައި ފެނަކަ އަތުން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، ޓީމު ހިޔާ ބޮޓްލިންގެ ފުރަތަަމަ މެޗުގައި އެޓީމު ވަނީ އެފްސީ ފްރިގޭޓާ އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ.

ޓީމު ހިޔާ އަދި ޕޮލިސް ޓީމު ވާދަކުރި މެޗުގެ ތެރެއިިން

މެޗުގެ ފުރަތަަމަ ފުރަތަަމަ ދެ ސެޓު ފަސޭހަކަމާއި އެކު ޓީމު ހިޔާ އިން ކާމިޔާބުކުރި އިރު، ފުރަތަަމަ ސެޓް 13-25 އަދި ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 17-25 އިންނެވެ . ނަމަވެސް މެޗުގެ ތިންވަނަ ސެޓްގައި ޕޮލިސް ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސާއި އެޓޭކުތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. މިއާއެކު އެޓީމުން މި ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ.

ޓީމު ހިޔާ އަދި ޕޮލިސް ޓީމު ވާދަކުރި މެޗުގެ ތެރެއިިން

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔަ އިރު މި ސެޓް ޓީމު ހިޔާ އިން ކާމިޔާބުކުރީ ފަސޭހަކަމާއި އެކު 13-25 އިންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ތިން ސެޓު އެއް ސެޓުން ޓީމު ހިޔާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ ޓީމު ހިޔާގެ ޖޯޒީ ނަމްބަރު 10 މާޖިދާ އެވެ.

ޓީމު ހިޔާ އަދި ޕޮލިސް ޓީމު ވާދަކުރި މެޗުގެ ތެރެއިިން

މިމުބާރާތަކީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. 

ޗެންޕިްއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރަތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.
ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާން ޓީމަކަށެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އުރިދޫ މޯލްޑިވްސް އިތުރުން ވިއޭނާ ސްޕޯޓްސް ކުލަބު ހަމަޖައްސާފައިވާ އިރު، މުބާރާތްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ