އެފްސީ ފްރިގޭޓާއި ފެނަކަ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
13 Feb 2024 | 00:30
ސީދާ ތިން ސެޓުން ފެނަކަ ބަލިކޮށް އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ހަތަރުވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ އެފްސީ ފްރިގޭޓާ އާއި ފެނަކަ ވާދަކުރި މެޗު ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުބާރާތުގައި އެފްސީ ފްރިގޭޓާ އިން ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ޓީމު ހިޔާ އަތުން އެޓީމު މޮޅުވެފައިވާއިރު، ފެނަކަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ހޯރަފުށީ ޕޮލިސް ކުލަބު އަތުން އެޓީމު ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.

އެފްސީ ފްރިގޭޓާއި ފެނަކަ ވާދަކުރި މެޗުގެ ތެރެއިިން

މެޗުގެ ފުރަތަަމަ ސެޓް ވަރަށް ފަސޭހަކަމާއި އެކު 12-25 އިން އެފްސީ ފްރިގޭޓާ ކާމިޔާބުކުރި އިރު، ދެވަނަ ސެޓުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު 13-12 އިން ކުރީގައި އޮތުމަށްފަހު ފްރިގޭޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސާއި އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފެނަކަ ޓީމަށް އިތުރަށް އެއް ޕޮއިންޓް ދިނުމަށް ފަހު އެޓީމުން މިސެޓް ކާމިޔާބުކުރީ 13-25 އިންނެވެ.

އެފްސީ ފްރިގޭޓާއި ފެނަކަ ވާދަކުރި މެޗުގެ ތެރެއިިން

މެޗުގެ ތިންވަނަ ސެޓްގައި އެފްސީ ފްރިގޭޓާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން މިސެޓް ކާމިޔާބުކުރީ 10-25 އިންނެވެ. އަދި މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ އެފްސީ ފްރިގޭޓާގެ ޖޯޒީ ނަމްބަރު 10 އާމިނަތު ޝާހާ އެވެ.

ކުއީން އޮފްދަ މެޗަކަށް ހޮވުނު އެފްސީ ފްރިގޭޓާގެ އާމިނަތު ޝާހާ

މިމުބާރާތަކީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. 

ޗެންޕިްއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރަތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.

ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާން ޓީމަކަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އުރިދޫ މޯލްޑިވްސް އިތުރުން ވިއޭނާ ސްޕޯޓްސް ކުލަބު ހަމަޖައްސާފައިވާ އިރު، މުބާރާތްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.