އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު
ހަބަރު
13 Feb 2024 | 15:38
ދުބާއީ އިންވެސްޓްމަންޓް ފޯރަމަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ: ސައީދު

ދުބާއީ އިންވެސްޓް ފޯރަމްއަށް ރަޖިސްޓްރީ ވުމުގައިވެސް އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު ދުބާއީގައި ފެށުމަށް ހަމަޖެހިފައިވާ  މި ސަރުކާރުގެ ދެވަނަ "މޯލްޑިވްސް އިންވެސްޓް ފޯރަމް" ފެށުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކާގައެވެ.

އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ފޯރަމް ބާއްވާ ހޯލްގައި ޖާގަ ހުރީ 250 ގޮނޑިއަށް ނަމަވެސް 280 އަށްވުރެ ގިނަ ބުކިންގްތައް މިހާރު ލިބިފައިވާ ކަމަށާއި، އަދި އެކަމުން ވެސް ދޭހަކޮށްދެނީ ރާއްޖެއަށް އިންވެސްޓް ކުރުމުގައި ބޭރުގެ ފަރާތްތަކުގެ ހުރި ޝައުޤުވެރިކަން ކަމަށެވެ.

"250 ގޮނޑި ކެޕޭސިޓީގެ ހޯލްއަކަށް 280 އަށްވުރެ ގިނަ ބުކިންގް އައުމުން، އެކަމުން އެބަ ދޭހަވޭ އަދިވެސް އިތުރު ފަރާތްތައް ރާއްޖެއަށް އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ހުރިކަން" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ އިންވެސްޓަރަކީ ރާއްޖޭގައި އިންވެސްޓް ނުކޮށްފާނެ އިންވެސްޓަރެއް ނަމަވެސް މި ފޯރަމަށް އައުމަށް ޝަޢުޤުވެރި ވުމަކީ އެފަދަ ފަރާތްތަކުގެ މެދުގައި ރާއްޖޭ އާއި މެދު އިތުބާރު އުފެދިފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ދުބާއީ ފޯރަމް ޗައިނާގައި ބޭއްވި ފޯރަމާއި ހިލާފަށް ވަރަށް ބޮޑެތި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ބައިވެރިވާނެ. ދެން މިއަދު ހޯލް ކެޕޭސިޓީއަށްވުރެ ބުކިންގް ގިނަވެގެން މިއުޅެނީ. އަންނަ ކޮންމެ މީހަކު އިންވެސްޓް ކުރަނީއެއް ނޫން، އެހެންނަމަވެސް ރާއްޖެއާ މެދު ޝައުޤުވެރިކަން އޮތީމަ އެކަން ބެލުމަށްޓަކައި ވެސް އަންނަ މީހުން އުޅޭނެ. އަދި ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބެލުމަށް ވެސް އަންނަ މީހުން އުޅެދާނެ. ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ފަހި ފުރުސަތުތައް ޑިސްޕްލޭ ކުރީމަ، އެމީހުންގެ ޗޮއިސް އެއް އެއީ އިންވެސްޓް ކުރާނަންތޯ ނުވަތަ ނޫންތޯ" ސައީދު ވިދާޅުވިއެވެ.

މިސަރުކާރުގެ އެންމެ ފުރަތަމަ އިންވެސްޓް ފޯރަމް ޗައިނާގައި ބާއްވާފައިވާ އިރު އެ ފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.