އައްޑޫ މޭޔަރ ނިޒާރު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު--
ހަބަރު
13 Feb 2024 | 15:54
އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރަން މިދިޔަ ސަރުކާރުގައި އެދުމުން އެއްވެސް ކަމެއް ނުކޮށްދިން: މޭޔަރ ނިޒާރު

އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެދުމުންވެސް، ދައުރު ނިމުނު އިރުވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އައްޑޫ ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އެތަނުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ.  އެގޮތުން އެވީ 10 އަހަރުގެ ތެރޭގައި އެތަނުގައި ދަވާދުކޮޅެއް ވެސް ލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އެތަން ވީރާނަ ވާން ދޫކޮށް ނުލައި މަރާމާތު ކޮށްދިނުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ތަކުރާރުކޮށް އެދިލެއްވި ކަމަށާ، އެހެން ނަމަވެސް އެ ސަރުކާރުންވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިދިޔަ ސަރުކާރުގަ އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމް އަކީ އައްޑޫއަށް ލިބިފައިވާ އަގު ބޮޑު މުދަލަކަށްވާއިރު، މިތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،" 

އައްޑޫ މޭޔަރ ނިޒާރު

މިއާއެކު ނިޒާރު ވިދާޅުވީ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް އެ ސްޓޭޑިއަމްގައި ބާއްވަން އައްޑޫ އިން ތައްޔާރުވިއިރު، އެތަން މަރާމާތު ކުރަން މި ސަރުކާރުގައި އެދުމުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި އެތަން މަރާމާރުކޮށްފައިވާ ކަމަށެވެ. 

އަދި އެކަމަށްޓަކައި ނިޒާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއުއަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފަ އެވެ.

މިއާއެކު އެ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން ދުވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދިނުމަށް ކުރީގެ ދެ ސަރުކާރުގައި ވެސް އައްޑޫގެ ކައުންސިލުން އެދިފައިވާ ކަން ފާހަގަކުރައްވައި ނިޒާރު ވަނީ މި ސަރުކާރުގައި ވެސް އެކަމަށް އެދިވަޑައިގެންފަ އެވެ.

ކުރީގެ އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވެ ނިޒާރު ވާހަކަދައްކަވާފައި ވާއިރު އޭނާ އަކީ އެޕާޓީގެ ޓިކެޓްގައި އައްޑޫ މޭޔަރ ކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އޭނާ ވަނީ ރައީސް ޞާލިހުގެ ކެންޕެއިންގައި އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.