އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު--
ހަބަރު
13 Feb 2024 | 18:19
ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުކުރުމަށް ނިންމެވި ނިންމެވުމަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފަ: ވަޒީރު ސައީދު

ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުކުރުމަށް ނިންމެވި ނިންމެވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ދުބާއީގައި ހުންނެވި ވަޒީރު ސައީދު މީޑިއާ ތަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ އައިއެމްއެފުން ރައީސް ޑރ.މުއިއްޒުގެ އިޤްތިޞާދީ ނިންމެވުންތަކަށް ތައުރީފުކުރައްވާފައިވާ ކަމަށެވެ.

މިގޮތުން ސައީދު ވިދާޅުވީ ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުކުރުމަށް ރައީސް ޑރ.މުއިއްޒު ނިންމެވި ނިންމެވުމަށް އައިއެމްއެފުން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާކަމަށާއި، މިއީ މިފަދަ ޙާލަތެއްގައި ދުނިޔޭގެ ވެރިއަކު ނަންގަވާނެ އެންމެ ޒިންމާދާރު ފިޔަވަޅުގެ ގޮތުގައި އައިއެމްއެފުން ފާހަގަކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.

"އެ ނިންމެވުމަކީ ވަރަށް ކޮމިޓެޑު ޕޮލިޓިކަލް ކޮމިޓުމެންޓެއްކަންވެސް ނިންމެވި. އެކަމުގެ ސަބަބުން ހަގީގަތުގަ ރާއްޖެ ދެން އަރައިގެންދާނީ، ހަމައެކަނި އަރައިގެންދާނީ ކުރިއަށްކަން އައިއެމްއެފުން ފާހަގަކުރި."

ވަޒީރު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސައީދު ވިދާޅުވީ މިކަމުގައި ކުރިއަށް ދާއިރުގައި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ފަރާތްތައް، ބައިލެޓްރަލް އަދި މަލްޓިލެޓްރަލް އޮގަނައިޒޭޝަންތައް ހިމެނޭ ކަމަށެވެ. މިހުރިހާ ފަރާތްތަކުން ވެސް ރައީސް ޑރ.މުއިއްޒުގެ މި ނިންމެވުމަށް ތާއީދުކޮށް، އެކީގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. 

މި ހާލަތުގައި ބައިނަލްއަޤްވާމީ މަލްޓިލެޓްރަލް އޮގަނައިޒޭޝަންތަކުން ރާއްޖެ އާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވުމަކީ އަމާޒު ހިފާ މުއްދަތުގެ ތެރޭގައި ޑިވެލޮޕްމަންޓެއް ގާއިމް ކުރެވޭނެކަމުގެ ފެހި ސިގުނަލެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިހާރު ރައީސް ޑރ.މުއިއްޒު ދުބާއީގައި އޮތް ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާފައިވާއިރު، އެމަނިކުފާނާއި އިއްޔެ އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވަނީ ބައްދަލުކުރައްވާފައެވެ. 

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވަނީ ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވާފައި ކަމަށެވެ އަދި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް އެމަނިކުފާނު ދެއްވާ މުހިންމުކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާތީ އެކަމަށް ވެސް އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވަނީ ތައުރީފު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ