އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ވޮއިސް
ހަބަރު
14 Feb 2024 | 09:35
އިންވެސްޓްމަންޓުގެ ރައްކާތެރިކަމަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް އެކުލަވާލަނީ!

އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ގައި ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފަހި ކަންތައްތަކެއް ހިމެނޭހެން ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުތަކުގެ ވިއުގަތައް އަލުން ހިނގައިގަންނަ ގޮތް ހަމަޖައްސަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގައެއް އަޅުގަނޑުމެންގެ ސަރުކާރުން ދޭނެ. ސްޕެޝަލް އިކޮނަމިކް ޒޯން ފްރޭމްވޯކް ވެސް މިހާރު ވަނީ އަލުން އެކުލަވާލެވިފައި. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ގިނަ ކަންތައްތަކެއް ފަހި ވެގެންދާނެ. މީގެ އިތުރުން މުޅިން އައު 'ފޮރިން އިންވެސްޓްމަންޓް ގާނޫނެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އޭގެ ސަބަބުން އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ. އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމުގައި މުހިންމު ކަމެއްކަމަށެވެ. އަދި އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، އިންވެސްޓް ކުރާ ފަރާތްތަކަށް އެ އިންވެސްޓްމަންޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އަދި ޕްރޮކިއުމަންޓުގެ ކަންކަން ދެފުށްފެންނަހެން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން-- ފޮޓޯ/ވޮއިސް

ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިޤުތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު އިންވެސްޓްމަންޓުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި މާލީ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

މި ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެކަންކަމާ ކުރިމަތިލައި ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މުސްތަޤުބަލުގައި އިޤުތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި އިޤުތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން-- ފޮޓޯ/ވޮއިސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކުވެރި ޢަރަބި އިމާރާތުގެ ގިނަ އިންވެސްޓަރުން އެ ފޯރަމްގައި ތިބިކަން ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއަކީ ގުޅިގެން މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި އެޤައުމުގެ ތަޖުރިބާގެ އަލީގައި ރާއްޖެއިން ކުރިއަށްދިއުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި އިމާރާތަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ އެއް ޤައުމުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ބައި ބިލިއަން ޑޮލަރަށް އަރާކަމާއި އަދި 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓުގެ 12 އިންސައްތަ ހިއްސާކުރަނީވެސް އެޤައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 'ރަސްމާލެ' ފަދަ މި ސަރުކާރުގެ އުންމީދީ އަދި އަގުހުރި އުމްރާނީ ތަރައްޤީގެ މައިގަނޑު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި މި ބޮޑެތި މަޝްރޫޢުތަކަކީ ހަމައެކަނި ސަރުކާރުން އެކަނި މަސައްކަތް ކޮށްގެން ފުރިހަމަ ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމާއި އޭގެ ބަދަލުގައި އެކަންކަން ފުރިހަމަ ކުރުމުގައި ގިނަ ޤައުމުތައް އެކުވެގެން ކުރެވޭ މަސައްކަތާއި ދޭދޭ ގުޅުންތަކާއި އަމިއްލަ ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް 2024ގައި އެކުވެރި ޢަރަބި އިމާރާތުގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވިއެވެ. އަދި ވަޒީރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ފޯރަމުގައި ބައިވެރިވިއެވެ.

މިއީ ސަރުކާރުން މިއަހަރު ބޭއްވި ދެވަނަ އިންވެސްޓް މޯލްޑިވްސް ފޯރަމެވެ. ފުރަތަމަ ފޯރަމް މިއަހަރުގެ ޖަނަވަރީ މަހު ޗައިނާގައި ބާއްވާފައިވާއިރު އެ ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.