އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
14 Feb 2024 | 15:07
އިންވެސްޓް މޯލްޑިވްސް ފޯރަމުން އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކެއް ހޯދުމަށް މަގުފަހިވެއްޖެ: މިނިސްޓްރީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ޔޫއޭއީގައި ބޭއްވުނު އިންވެސްޓް މޯލްޑިވްސް ފޯރަމުން އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކެއް ހޯދުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. 

މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ 13 ފެބުރުވަރީ 2024 ގައެވެ. 

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވި މި ފޯރަމްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެ ލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖ،ް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. 

ސަރުކާރާއި އެކިއެކި ވިޔަފާރިތަކާއި ދެމެދު ފަސޭހަ މާހައުލެއްގައި ވާހަކަދެކެވި ގުޅުން ބަދަހިކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބޭއްވުނު މި ފޯރަމްގައި ސަރުކާރުގެ މުހިއްމު އިސްތިރާޖީ މަޝްރޫޢުތަކަށް އަލިއަޅުވާލެވިފައިވެއެވެ. އަދި މި ފޯރަމްގައި 290 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. 

މީގެ ތެރޭގައި ޕޯޓް އަދި ލޮޖިސްޓިކްސް، އިއާދަކުރަނިވި ހަކަތަ, ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެރިކަން ފަދަ އެކި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ 130 ކުންފުނި ތަމްސީލްކުރެވިފައިވެއެވެ. 

މި ޚާއްސަ ފޯރަމްގައ،ި އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށްދިއުމަށް އޮތް ތަސައްވުރާއި ބައިނަލްއަޤްވާމީ ބައިވެރިންނާއިއެކު އިންވެސްޓްމަންޓް ފާޓްނަރޝިޕްތައް ޤާއިމްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމުގައި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށް ދިވެހީންގެ ރާއްޖެ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭގޮތުން އަލިއަޅުއްވާލެއްވިއެވ.ެ އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ޔ.ޫއ.ޭއީގެ އެކި ވިޔަފާރިތަކުގެ ބައިވެރިވުން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވ.ެ

މި އިންވެސްޓްމަންޓް ފޯރަމް ނިމިގެން ދިޔައީ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކު ކުރިއަށްގެންދެވުނު އިންޓަރެކްޓިވް ސެޝަންއަކަށްފަހުއެވ.ެ

މި ސެޝަންގައި ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމަށް މުހިއްމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނު އިރު ފޯރަމް ނިންމާލުމުގެ ގޮތުން ބޭއްވުނު ނެޓްވާރކިންގ ސެޝަންގައި ދެ ޤަޢުމުގެ ބައިވެރިން ގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކެއް ހޯދުމަށް މަގުފަހި ކުރެވިގެންދިޔަކަން އިކޮނަމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. 

މި ފޯރަމާއި ގުޅޭގޮތުން "ވޮއިސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދުވެސް ވަނީ، މި ފޯރަމްގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އެނގި، ރާއްޖެއަށް އިންވެސްޓް ކުރުމުގެ ޝައުގު އުފެދިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގައި ހުރި ތަރައްގީގެ މަޝްރޫޢު ތަކަށް އެފަރާތްތަކުގެ އެހީ ލިބި، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.