އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
14 Feb 2024 | 16:01
ރާއްޖޭގެ ރިސޯޓް ތަކުގައި ދިވެހިން ވަޒީފާ އަދާކުރުން ޙަރާމްކަމަށް ބުނެ ފަތުވާ ނެރެފައެއް ނުވޭ: ޑރ.ޝަހީމް

ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުން ހަރާމްކަމަށް ބުނެ ފަތުވާ އެއް ނުނެރޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުވާ މަޖިލިސް ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުން ހަރާމްކަމަށް ބުނެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއްކަމަށެވެ.

"ރާއްޖޭގެ ރިޒޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުމަކީ ޙަރާމްކަމެއްކަމަށް ބުނެ ފަތުވާ ކައުންސިލުން ފަތުވާއެއް ނެރެފައިވާކަމަށް ބުނެ ފަތުރަނީ ދޮގުޚަބަރެއް."

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ ފަތުވާދޭ މަޖިލިސްއިން ފަތުވާއެއް ނެރެފައިވަނީ މުސްލިމަކު ބަނގުރާ އާއި އޫރުމަހުގެ މުޢާމަލާތުކުރާ ތަންތަނުގައި މަސައްކަތް ކުރުމާ ބެހޭގޮތުންނެވެ.

މި ފަތުވާގައިވާގޮތުން ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރަލުގެ މުއާމަލާތުކުރާ ތަންތަނުގެ އިތުރުން އޫރުމަހާއި، އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި، ނުވަތަ މި ދެ ބާވަތުންކުރެ ބާވަތެއްގެ ހިދުމަތްދޭ ތަންތަނުގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ އިސްޠިރާރީ ހާލަތެއްގައި މެނުވީ، އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއް ނޫންކަމަށެވެ. އަދި އެއީ ހަރާމް ކަމެއްކަން ކީރިތި ޤުރުއާނުންނާއި، ކީރިތި ރަސޫލާ ގެ ސުންނަތުންނާއި، މިއުންމަތުގެ އިންމުވެރިންގެ އިޖުމާއުން ސާބިތުވާކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ބުނެފައެވެ.

ފަތުވާދޭ މަޖިލީހުން ބުނީ ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި، މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ، ހަރާމްކަމެއް ކަމެއް ކަމަށާއި، އެބޭކަލުން އިސްތިސްނާ ކުރައްވަނީ، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.