ޔުނައިޓެޑް ސްޓާސް ގުރޫޕުގެ ސީއީއޯ ނިޕުނާ ވަހަލަތަންތަރިގެ މީޑިއާ ތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ދިޔަރެސް
ހަބަރު
15 Feb 2024 | 07:59
ރާއްޖޭގައި 6 އެއާޕޯޓާއި، އައްޑޫގައި ހައުސިން މަޝްރޫއެއް ހިންގަން ޔޫއޭއީގެ ކުންފުންޏަކުން ސަރުކާރަށް ހުށައަޅައިފި

ރާއްޖޭގައި 6 ޑޮމެސްޓިކް އެއާޕޯޓާއި، އައްޑޫގައި 500 އަށްވުރެ ގިނަ ސްމާޓު ހައުސް އެޅުމުގެ ހައުސިން މަޝްރޫއެއް ހިންގަން ޔޫއޭއީގެ ކުންފުންޏަކުން ސަރުކާރަށް ހުށައަޅައިފިއެވެ.

އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ފަހު، ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޔޫއޭއީގެ ފުރަތަމަ ޚާރިޖީވަޒީރު އަޙްމަދު ބިން ޚަލީފާ އައްސުވައިދީގެ އާއިލީ ވިޔަފާރިއެއްކަމަށްވާ ޔުނައިޓެޑް ސްޓާސް ގުރޫޕުގެ ސީއީއޯ ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ އޭނާގެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކުން މި މަޝްރޫއުތައް ހިންގަން ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ޕްރޮޕޯޒަލް ހުށައަޅާފައިވާ ކަމަށެވެ.

މިގޮތުން ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ  ރާއްޖޭގައި 6 އެއާޕޯޓެއް ތަރައްޤީކުރުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ޕްރޮޕޯޒަލެއް ހުށަހަޅައި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުންވެސް، އޭނާ ވިދާޅުވީ ރާއްޖޭގައި ޑްރޯން ބޭނުންކުރުމަށްޓަކައި ބޭނުންވާ ޔޫޓީއެމް ނުވަތަ ޔުނިވާސަލް ޓްރާންސްވާސް މާކޭޓާ ކޯޑިނޭޓް ސިސްޓަމް ރާއްޖޭގައި ޤާއިމުކުރުމުގެ މަޝްވަރާތައް ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ޓުއަރިޒަމް މިނިސްޓްރީއާއެކު ކުރަމުންދާކަމަށެވެ. މި ގޮތުން މި ޓެކްނޮލޮޖީ އީޖާދުކުރި ސުވިޑެންގެ ކުންފުނީގެ މަންދޫބުންވެސް އިއްޔެ އޮތް ފޯރަމުގައި ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި 500 އަށް ވުރެ ގިނަ ސްމާޓް ހައުސް އެޅުމުގެ މަޝްރޫއާއި ބެހޭގޮތުން އޭނާ ވިދާޅުވީ އެޗްޑީއެފްސީ މެދުވެރިކޮށް މި މަޝްރޫއަށް ފަންޑިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވާހަކަދައްކަވަމުންދާ ކަމަށެވެ. ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ މި ހައުސިން ޔުނިޓް ތައް އެޅުމަށް ބޭނުންވާ ފައިސާ އޭނާގެ ކުންފުނިން ގެނެސްދެނީ ސަރުކާރަށް ބުރަ އެންމެ ކުޑަވާނެ ގޮތަކަށް ކަމަށާއި އެ ފައިސާ ހަމަޖައްސަނީ ބަދަލުގައި ސަރުކާރުން ކޮލަޓެރަލްއެއް ދޭންނުޖެހޭނެ ގޮތަށް ކަމަށެވެ.

އައްޑޫގައި 504 ސްމާޓު ހައުސް ބިނާކުރުމަށްޓަކައި 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމާމެދު މިހާރުވެސް މަޝްވަރާކުރަމުންދާ ކަމަށާއި މި ފައިސާ ދެއްކުން 20 އަހަރަށް ދަންމައިލެވޭނެ ކަމަށް ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިފަދަ ވަރަށް ގިނަ ހުށައެޅުންތަކެއް އެ ކުންފުނިން ހުށައެޅިނަމަވެސް އޭރު ރާއްޖޭގައި އޮތް ސަރުކާރުން އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ފާޅުނުކުރި ނަމަވެސް، މި ސަރުކާރުން މި ކަމާއި މެދު މަޝްވަރާކޮށް، ވަޒީރުން ވަރަށް ބޮޑަށް އިސްނަގައިގެން މަސައްކަތްކުރައްވަމުންދާ ކަން ނިޕުނާ ވަހަލަތަންތަރިގެ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ