އިލެކްސަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ހަބަރު
14 Feb 2024 | 21:07
މަޖިލިސް އިންތިހާބަށް 381 ފަރާތަކުން ކުރިމަތިލައިފައިވޭ: އީސީ

މި އަންނަމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބައިވެރިވުމަށް އެދި 381 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްސަން ކޮމިޝަން އީސީން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އިސީގެ ނައިބުރައީސް އިސްމާއިލް ހަބީބު އެކްސްމެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ހަބީބު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 381 ހުށަހެޅުން ލިބިފައިވާކަމަށެވެ.

ހަބީބުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ މިއަދު ލިބުނީ 86 އެޕްލިކޭޝަން ކަމަށާއި، އިއްޔެއާއި ހަމައަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދެއްވާނެ ކަމަށެވެ.

"މިއަދު ލިބުނީ 86 އެޕްލިކޭޝަން. އިއްޔެއާ ހަމަޔަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދޭނެ. މިއަދުގެ ހުށަހެޅުންތަކަށް، އިރާދަކުރެއްވިއްޔާ، މާދަމާ ރޭގެ ނިޔަލަށް ޖަވާބު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން."

 ހަބީބުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބު އަންނަމަހުގެ 17 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ ތައްޔާރު ވަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ހަބީބުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ، ނަން ތަރުތީބު ކުރުމަށްޓަކައި،  ކެންޑިޑޭޓުންގެ މެދުގައި، ގުރުޢަތު ނެގުން ހުކުރުދުވަހު އޮންނާނެ ކަމަށެވެ. ގުރުއަތުލުން އޮންނާނެ ގަޑިތައް ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ދަންނަވަމުން ގެންދަވާނެ ކަމަށްވެސް ހަބީބުވިދާޅުވެފައި ވެއެވެ.

 ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުކަމުގައި ވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.