ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
15 Feb 2024 | 02:25
ފަސޭހަކަމާއި އެކު ޕޮލިސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޓީމު ހިޔާ ބޮޓްލިންއަށް

ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ޕްލޭއޮފް މެޗުގައި ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ ބޮޓްލިން ވަނީ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓް ޓީމު ހިޔާ ބޮޓްލިން ކަމިޔާބުކުރީ 23-25 އިންނެވެ. އަދި އެޓީމުން ދެވަނަ ސެޓް 20-25 އިން ކާމިޔާބުކުރި އިރު، ތިންވަނަ ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން

މިއާއެކު ޓީމު ހިޔާ ބޮޓްލިން މިސެޓް ކާމިޔާބުކުރީ ފަސޭހަކަމާއި އެކު 11-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ ޓީމް ހިޔާ ބޮޓްލިންގެ ޖާޒީ ނަމްބަރ 10 މާޖިދާއެވެ.

ޗެންޕިްއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރަތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުންނެވެ.

ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން

އެގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އިރު، ލީގު ބުރުގެ ދެވަނަ ޓީމު ހިޔާ ބޮޓްލިން އާއި ތިންވަނަ ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި ޕްލޭއޮފް މެޗުން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ޓީމު ހިޔާ ބޮޓްލިން އެވެ.

ޓީމު ހިޔާ ބޮޓްލިން އާއި ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން

މުބާރާތުގެ ފައިނަލް މެޗުގައި ޓީމު ހިޔާ ބޮޓްލިން މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އެފްސީ ފްރިގޭޓާ އާއި ދެކޮޅަށެވެ. އަދި މިމެޗު ފެށުމަށް ހަމަޖެހިފައިވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ.

މިމުބާރާތަކީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އުރިދޫ މޯލްޑިވްސް އިތުރުން ވިއޭނާ ސްޕޯޓްސް ކުލަބު ހަމަޖައްސާފައިވާ އިރު، މުބާރާތްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ