މީޑިއާ ކައުންސިލް ގެ ބައްދަލުވުމެއް-- ފޮޓޯ: މީޑިއާ ކައުންސިލް
ހަބަރު
15 Feb 2024 | 13:02
ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާ ތަކުގެ މައްސަލަ ބެލޭނެ އުސޫލުތަކެއް ހަދަނީ

ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާ ތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށްޓަކައި، ދިވެހި ރާއްޖޭގެ މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އުސޫލުތަކެއް ހަދަން ނިންމައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ވެބްސައިޓެއް ކަމަށްވާ "ދިޔަވަރު" އާއި "ކުރުސީ" އަދި "ދޮންއަމާ" އިން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ގިނަ ޝަކުވާ ތަކެއް އެކައުންސިލަށް ލިބެމުންދާ ކަމަށެވެ.

މި ވެބްސައިޓު ތަކާއި ގުޅޭ ގޮތުން އެ ކައުންސިލަށް ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު ހަގީގަތާއި ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް ކައުންސިލްގެ ނިންމުންތައް ހާމަ ކުރާނެ ކަމަށް ވެސް އެމްއެމްސީ އިން ނެރުނު ބަޔާނުގައި ވެއެވެ.

އެމްއެމްސީން ވަނީ މީޑިއާގެ ނަމުގައި ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރަމުން އަންނަ އިރުވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވުމެއް ކަން ފާހަގަކޮށްފައެވެ. މިކަން ހައްލު ކުރުމަށްޓަކައި، އެކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާގުޅޭ އުސޫލެއް ހަދަން އެ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ފާސްކޮށްފައެވެ.

މި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް، މީޑިއާތަކާއި ކަމާގުޅޭ ފަރާތްތަކާއި އާންމުންގެ ހިޔާލު ވެސް ހޯދައިގެން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.

އެމްއެމްސީން ވަނީ ރާއްޖޭގެ ގާނޫނޫއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާއިރު، އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖުތަމައު ތެރޭގައި ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެކަންކަން ތަކުރާރު ކުރާނަމަ، ހެދިފައިވާ ގާނޫނާއި ގަވާއިދު ތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.