ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންގެ ގެތަށް ލޫޓުވަނީ--
ދުނިޔެ
15 Feb 2024 | 14:44
އިސްރާއީލު ސިފައިން، ފަލަސްޠީނުގެ ގެތަކުން ވައްކަން ކުރާ ވީޑިއޯއެއް؛ ވަގަށް ނެގި ތަކެތީގެ އަގު 25 މިލިއަން ޑޮލަރަށް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން، ފަލަސްޠީނުގެ މުސްލިމުންގެ ގެތަކުން، އަގުހުރި މުދަލާއި ފައިސާ ވަގަށް ނަގާ ވީޑިއޯ އެއް އާއްމުކޮށްފިއެވެ.

މި ވީޑިއޯ އާއްމު ކޮށްފައިވަނީ ޚުދު އިސްރާއީލުގެ ނިރުބަވެރި ސިފައިންނެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގައި ހިންގަން ފެށި ގަތުލު ޢާއްމުގެ ތެރެއިން، އެމީހުން ވަނީ މުސްލިމުން ދިރިއުޅެމުން ދިޔަ އެތައް ހާސް ގެތަކެއް ބިމާއި ހަމަ ކޮށްފައެވެ.

އަދި ހަލާކު ނުކުރާ އެތަކެއް ގެތަކުން މުސްލިމުން ނެރެ، އެހެން ސަރަހައްދުތަކަށް ދިޔުމަށް މަޖުބޫރުކޮށް، މުސްލިމުންގެ އެތައް ގެތަކެއް އެމީހުން ވަނީ ޙިސާރުކޮށްފައެވެ. 

އެގޮތުގެ މަތީން، މުސްލިމުން ނެރެ، އެމީހުން ހިސޯރުކުރި، އަދި ސުންނާފަތިކުރި ބައެއް ގެތަކުން ވައްކަންކުރާ މަންޒަރު ފެންނަ ވީޑިއޯތައް އިސްރާއީލުގެ ސިފައިން މީސްމީޑިއާގައި އާއްމުކޮށްފައި ވާއިރު، އެ ވީޑިއޯ ތަކުން ފެންނަ ގޮތުން، އިސްރާއީލް ސިފައިން ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ގެތަކުގައި ހުރި ތިޖޫރީތައް ހަލާކުކޮށް، އަގުހުރި ގަހަނާ އާއި ފައިސާ ވަގަށް ނަގާފައެވެ. އަދި، ލާން ގެންގުޅޭ އަންނައުނާއި، ގޭގައި ޒީނަތްތެރި ކުރަން ބަހަށްޓާފައި ހުރި، އެކިއެކި ސާމާނު ތަކުގެ އިތުރުން ކާޕެޓް ފަދަ އެތަކެއް ތަކެއްޗެއް ވެސް ވަނީ ލޫޓުވާފައެވެ. 

ފަލަސްތީނުގެ މީޑިއާ ތަކުން ބުނާ ގޮތުން، ނިރުބަވެރި އިސްރާއިލްގެ ސިފައިން މުސްލިމުންގެ ގެތަކުން ވައްކަން ކޮށްފައިވާކަމުގެ ގިނަ މައްސަލަ ތަކެއް ވަނީ ހުށަހަޅާފައެވެ. އަދި އެގޮތުގެ މަތީން އެމީހުން ވަގަށް ނެގި ފައިސާ އާއި މުދަލުގެ އަގު 25 މިލިއަން ޑޮލަރަށް ވުރެ މަތި ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. 

މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޕޮޓް ފަދަ ތަކެތި ކާރުޚާނާއެއް ބަލައި ފާސްކުރި ވީޑިއޯއެއް އާއްމުކޮށްފައި ވާއިރު، އެ ކާރުޚާނާއިން އެމީހުން ވަގަށް ނެގި ޕޮޓާއި، ތަން ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެތި، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހަށްޓާފައި ހުރި ފޮޓޯތައް އާއްމުވެފައިވެއެވެ. ނަމަވެސް އެ ފޮޓޯ ތަކާއި ވީޑިއޯތައް ފަހުން ވަނީ ޑިލީޓް ކޮށްލާފައެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންގެ ގެތަކުން މުދާ ލޫޓުވާފައިވާއިރު، ހަނގުރާމައިގެ ތެރެއިން ލޫޓުވުމަކީ ބައިނަލްއަގްވާމީ ގާނޫނު ތަކާއި ޚިލާފް މަނާ ކުރެވިގެންވާ ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.