ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެ ވަޑައިގެންނެވުން
ހަބަރު
15 Feb 2024 | 14:42
ޔޫއޭއީ އަށް ކުރެއްވި ކާމިޔަބު ދަތުރުފުޅަށްފަހު ރައީސް މުޢިއްޒު މާލެ ވަޑައިގެންފި

ޔޫއޭއީގައި ބޭއްވުނު ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވާފައެވެ. ރައީސްގެ މި ތަޤްރީރު ވެގެން ދިޔައީ ކޮންމެ އަހަރަކު އެއްފަހަރު ދުބާއީގައި ބޭއްވޭ މި ސަމިޓްގައި ދިވެހިރާއްޖޭގެ ރައީސަކު ކުރެއްވި އެންމެ ފުރަތަމަ ތަޤރީރުކަމުގައެވެ. އެމަނިކުފާނު މި ތާރީހީ ތަޤުރީރުގައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަޞައްވުރު ވަނީ އިއުލާނު ކޮށްދެއްވާފައެވެ.

މި ސަމިޓްގެ ތެރެއިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާ މަޝްވަރާ ކުރައްވާފައެވެ.

ވަރލްޑް ގަވަރމަންޓްސް ސަމިޓް ގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނު  ވަނީ ދުބާއީގެ ބުރުޖު އަލް އަރަބުގައި ބޭއްވުނު "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައި ބައިވެރިވެ ވަޑައިގެން ތަޤްރީރު ކުރައްވާފައެވެ. މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރިވެރިންގެ އިސްނެގުމާއި ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެލައްވާކަމަށެވެ.

ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ފޯރަމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އަދި  ސަރުކާރުގެ މަތީފަންތީގެ އިސްވެރިން އެއްތަނަކުން ބައްދަލުވެގެންދިޔަ ފޯރަމެކެވެ. މި ފޯރަމް މެދުވެރިކޮށް ރާއްޖެއާއި މެދު އިންވެސްޓަރުންގެ ޝައުޤުވެރިކން ވަރަށް ބޮޑަށް އުފެދިގެން ދިޔަކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ  އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ  ދެ ޤައުމުގެ ދެމެދުގައިވާ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާޢިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.