އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Feb 2024 | 09:16
ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން އުޅެނީ ސިޔާސީގޮތުން މާޔޫސްވެގެން: ސަޢީދު

ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ގެއްލުވާލަން ފިލާތިބެ 'ބަޔަކު' މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ސަޢީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގައި ބުނެފައިވާ ކަމަށާ، ރާއްޖެއިން އައިއެމްއެފްގެ އެހީއަށް އެދި، އެ ފަންޑުން ޝަރުތުތަކެއް ކަނޑައަޅާފައިވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެއްބަސްވެފައި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން ސަޢީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރާއްޖެއިން "ވަކި ޕްރޮގްރާމެއްގައި" ބައިވެރިވާން ނުޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަންނަނީ ކުރީން ލަފާކުރި ވަރަށް ވުރެވެސް ބާރަށް ރަނގަޅުވަމުން ކަމަށް ސަޢީދު ވިދާޅުވި އެވެ. 

އިގްތިސާދީ ހާލަތު ރަނގަޅު ވަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވެފައިވާއިރު، މި ނިމުނު ހަފްތާގައި ދުބާއިގައި ބޭއްވުނު 'އިންވެސްޓް މޯލްޑިވްސް ފޯރަމް' އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތް ކަން އެނގިގެން ގޮސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އެގޮތުން، ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމަށް ސަރުކާރުން ފަށާފައި ހުރި، އަދި ފަށަން ތައްޔާރު ވަމުންދާ މަޝްރޫޢުތަކަށް އިންވެސްޓަރުން އިންވެސްޓް ކުރަން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. 

މީގެ އިތުރުން، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސް ޓަލީނާ ޖޯޖީވާ ވަނީ ޑރ. މުއިއްޒުގެ ސަރުކާރުން އިގްތިޞާދީ ގޮތުން މިހާރު އަޅުއްވައިފައިވާ ފިޔަވަޅުތަކަކީ އިގްތިޞާދީ ގޮތުން ރާއްޖެ ކުރިއަރައި ދިއުމަށާއި، ހިންދެމިލުމަށް ފަހިވާނެ ބާރުހުރި ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާމެދު އައިއެމްއެފްގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.