ޒަކާތް ބަލައިގަތުން-- ފޮޓޯ/މިނިސްޓްރީ
ހަބަރު
16 Feb 2024 | 09:48
މުދަލު ޒަކާތަށް ހޭލުންތެރިކުރުވަން ގައުމީ ޕްރޮގްރާމެއް

މުދަލު ޒަކާތާ މެދު މުޅި ގައުމު ހޭލުންތެރިކަން އިތުރު ކުރުވުމަށްޓަކައި ގައުމީ ފެންވަރުގައި ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް އިއްޔެ ކުޅުދުއްފުށީގައި ބާއްވައިފިއެވެ.  

އިސްލާމިކު މިނިސްޓްރީން ބުނީ، ޒަކާތު ހައުސްގެ ފަރާތުން މިމަހު 15 އިން 17 އަށް ހދ. ކުޅުދުއްފުށި، ހއ. ކެލާ، ހދ.ނޮޅިވަރަމް އަދި ހއ. ދިއްދޫގައި މި ޕްރޮގްރާމް ހިންގާނެ ކަމަށެވެ. 

މި ޕްރޮގްރަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ އިސްލާމް ކަމުގެ ތިންވަނަ ރުކުނަށް ދިވެހި މުޖުތަމައުގައި މަތިވެރި ގަދަރާއި އިހުތިރާމު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އަދި އެ ޕްރޮގްރާމްގެ ތެރެއިން އެކިއެކި ފަންތީގެ ވިޔަފާރިވެރިންނަށް މުދަލުން ޒަކާތް ނެރުމުގެ މައްޗަށް ހޭލުންތެރި ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"މި ޕްރޮގްރާމުގެ އަމާޒަކީ އެކި ފަންތީގެ ވިޔަފާރިވެރިންނަށް މުދަލުން ޒަކާތް ނެރުމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުވާ ޒަކާތް ނެރެވޭނެ ގޮތާއި، މިކަންކަމާއި މެދުގައި މައުލޫމާތު ފޮރުކޮށްދިނުމާއި، މިކަންކަން ފަސޭހަކޮށްދިނުމާއި އަދި ވިޔަފާރިވެރިންގެ ކިބައިން އަޑު އެހުމާއި، ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުން،" 

ޑރ. ޝަހީމް ޢަލީ ސަޢީދު 

މީގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަމުން އައީ އިސްލާމިކް މިނިސްޓްރީގެ ތެރޭގައި ހިންގަމުން ދިޔަ ވަކި ސެކްޝަނަކުން ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މިސަރުކާރުން ވަނީ، ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދައިފައެވެ.

އެ އިދާރާގެ ބޭނުމަކީ ރާއްޖޭގައި ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތް ނެރުމާއި ޒަކާތާ ގުޅޭ ގޮތުން އާންމުންނާއި ދައުލަތުގެ މުއައައްސަސާތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.