ހުކުރު ޚުތުބާ އަޑުއަހަނީ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
16 Feb 2024 | 13:04
ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެއްޖެ!

މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާ، އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ. 

"ޝަޢުބާން މަހާއި ހެޔޮޢަމަލު ކުރުން" މަޢުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޝަޢުބާން މަސް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވެގެންވާ ކަމަށެވެ.

އެގޮތުން އެމަހަކީ، رَمَضَان މަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނޭ ކަމަށާ، شَـعْباَنމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތައް ކަމަށެވެ.

ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. رَمَضَانމަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވާތީއެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާތީއެވެ.  

ހުކުރު ޚުތުބާ

"أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލައްالله ޢަލައިހި ވަސައްލަމް شَعْبَانމަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. ފަހެ، ހަމަކަށަވަރުން، އެމަހުގައި އެއްކޮށްވެސް އެކަލޭގެފާނު ރޯދަ ހިއްޕަވާކަމުގައި ވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާ ކަމުގައި ވެއެވެ. "ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާއެކު ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭހައި ހިނދަކު، މާތް الله ދަރުމަ ދެއްވުމުގައި ދެމިވޮޑިގެންވެއެވެ!" އެހެންކަމުން މާތް الله ގެ ދަރުމައާއި ޘަވާބަށް އެދި ހެޔޮޢަމަލުކުރުމުގައި ދެމިހުރުމަށް އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެތަކުންނަށް ވަޞިއްޔަތް ކުރަމެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ބުނީ ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތުކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް ނަޞޭހަތްތެރިވެފައެވެ. އަދި ކީރިތި މާތް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް الله ގެ حَضْرَةُ ގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

ތިމާގެ ޢުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، ކޮންތާކުހުއްޓައި ކަމެއް އެއްވެސްމީހަކަށް ނޭނގެއެވެ! 

ހުކުރު ޚުތުބާ 

އެހެން ކަމުން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައި ކަމަށާ މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށްދީފައިވެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަަށްވެސް ނަސޭހަތްތެރިވެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، މާތް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޝަޢުބާން މަހުގައި ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން އަޞްޙާބު ބޭކަލުން ސުވާލުކުރައްވާކަމުގައެވެ.

"އެގޮތުން ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް أُسَامَةُ بْنُ زَيْد ދެންނެވިއެވެ: އޭ މާތް اللهގެ ރަސޫލާއެވެ! شَـعْباَنމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް އަހަރުގެ އެހެން މަސްމަހު ކަލޭގެފާނު (ސުންނަތް) ރޯދަފުޅު ހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "އެއީ رَمَضَان މަހާއި، رَجَبُމަހާ ދެމެދުގައި މީސްތަކުން އެމަހަކާމެދު غَافِلُ ވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންކަމުން ރޯދަފުޅަށް ހުންނަވަނިކޮށް، الله ގެ ޙަޟްރަތަށް ތިމަން ނަބިއްޔާގެ ޢަމަލުތައް އުފުއްލެވުމަށް، އެދިވަޑައިގަންނަވަމެވެ." 

ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ހެޔޮޢަމަލު ކުރެއްވުން މިފަދަ ދުވަސްތަކުގައި ގިނަކުރައްވާފައިވާ ކަމަށާ އެބޭކަލުން ހިންގެވި މަގުން ހިނގައި، ސަވާބައި ދަރުމަ ލިބިގަތުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.