ދިވެހި ސާރފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ"ގެ ބައިވެރިން... ފޮޓޯ: މޯލްޑިވްސް ސާރފިން އެސޯސިއޭޝަން
ކުޅިވަރު
17 Feb 2024 | 02:35
ދިވެހި ސާރފް ލީގުގެ "ކަޅެގަލެކޮޑާ" ޖޫނިއަރ ޗެންޕިއަންކަން ކަޔާން ހޯދިއިރު، މެންސް އޯޕެން ޗެންޕިއަންކަން ނަޖާހު ދިފާއުކޮށްފި

ދިވެހި ސާރފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގެ ޖޫނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދިއިރު، މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން ނަޖާހު މުހައްމަދު ދިފާއުކޮށްފި އެވެ.

ފެބުރުއަރީ މަހުގެ 14-17 އަށް ގދ.ގައްދޫ ކަޅެގަލެކޮޑާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ދިވެހި ސާރފު ލީގުގެ 2024 ވަނަ އަހަރުގެ ފުރަތަަމަ މުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ކަޔާން ހޯދީ، ޖޫނިއަރ ޑިވިޝަންގެ ފައިނަލްގައި މުހައްމަދު އިނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ކަޔާން ޖުމްލަ 15.50 ޕޮއިންޓް ހޯދި އިރު އިނާން އަށް ހޯދުނީ ޖުމްލަ 10.73 ޕޮއިންޓެވެ. 

މީގެ އިތުރުން ކަޔާން އަކީ 2023 ވަނަ އަހަރު އަލަށް ފެށި ޖޫނިއަރ ލީގުގެެ ވެސް ފަހުރުވެރި އެއްވަަނަ ހޯދާފައިވާ، އަދި މިހާރު ރާއްޖޭގެ އަރަމުން އަންނަ ޖޫނިއަރ ރާޅާ އެޅުންތެރިންގެ ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ހުނަރުވެރި ރާޅާ އެޅުން ތެރިއެކެވެ. އަދި ކަޔާން އަކީ ގައުމީ ޖޫނިއަރ ސާފިން ޓީމުގައިވެސް ހިމެނޭ އެތްލީޓެކެވެ.

މެންސް އޯޕެން ޑިވިޝަންގެ ޗެންޕިއަންކަން ނަޖާހު ދިފާއުކުރީ ހުކުރުދުވަހުގެ ހަވީރު ކުރިއަށްދިޔަ ފޯރިގަދަ ފައިނަލުގައި 1.50 ޕޮއިންޓްގެ ތަފާތަކުން ހޫދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލް ހީޓުގައި ނަޖާހު ހަ ރާޅެއްގައި އެޅުވިއިރު، ހޫދު ވަނީ ފައިނަލް ހީޓުގައި އަށް ރާޅެއްގައި އަޅުވާފައެވެ. އަދި ނަޖާހު އެޅުވި ހަ ރާޅުގެ ތެރެއިން އޭނާއަށް އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ، ދެވަނަ ރާޅާއި ހަތަރުވަނަ ރާޅަށެވެ. އަދި ހޫދުއަށް އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ އޭނާގެ ދެވަނަ ރާޅާއި ހަތްވަނަ ރާޅަށެވެ.

ނަޖާހްގެ ދެ ވަނަ ރާޅަށް 7.33 ޕޮއިންޓް ލިބުނުއިރު، ދެވަނަ ރާޅަށް ލިބުނު 5.73 ޕޮއިންޓާއެކު އޭނާއަށް ވަނީ ޖުމްލަ 13.06 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނަ ހޯދި ހޫދުގެ ދެވަނަ ރާޅަށް 5.58 ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނަ ރާޅުން ލިބުނު 5.73 ޕޮއިންޓާއެކު އޭނާއަށް ޖުމްލަ ލިބުނީ 11.56 ޕޮއިންޓެވެ.

2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ، ދިވެހި ސާރފް ލީގުގެ މިއަހަރުގެ ދެ ވަނަ މުބާރާތް އޮންނާނީ ޖޫން މަހުގެ 12-15 އަށް ކ.ހިންމަފުށީގައެވެ. މި ލީގަކީ ކުޅިވަރާއި ބެހޭ ވުޒާރާ އާއި ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.