ރައިސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު
17 Feb 2024 | 10:43
ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

މި ސަރުކާރުގެ ފަރާތުން  ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ލ.މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާދަމް ޢަބުދުﷲގެ ސުވާލުގައި މައިގަނޑުގޮތެއްގައި އަހާފައި ވަނީ ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަން ޖެހެނީ ވަރަށް އުނދަގުލުން ކަމަށާއި، އެގޮތުން އެންމެ ބޮޑަށް ދިމާވާ ކަމަކީ އެޕޮއިންޓްމަންޓް ނުލިބި މާ ބޮޑަށް ލަސްވުން ކަމަށާއި އެ ނިޒާމު ރަނގަޅުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި،  އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

" އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި ތިބި ވީހާ ގިނަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރަން މަސައްކަތްކުރާ އެއްކަންތައް، ދެން އޭގެ އިތުރުން ބޭރުންވެސް ރާއްޖޭގައި ސްޕެސަލިސްޓުން ނެތް ދިމަ ދިމާލަށް ހޯދުންވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް" 

ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިއަދު ސުވާލުކުރެއްވި އާދަމް ޢަބުދުﷲގެ ސުވާލުގެ އަނެއްބައިގައި ހިމެނޭ އެޕޮއިންޓްމަންޓް ދީ ގަޑި ޖެހިގެންދާ އިރުވެސް ކިއާފައި އޮންނަ ގަޑިއަކަށް ޑޮކްޓަރު ހާޒިރު ނުވާ މައްސަލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ސްޕެޝަލިސްޓުން ގިނަކުރެވޭ ވަރަކަށް މަޑުކުރަންޖެހޭ ވަގުތު ކުޑަވެގެން ދާނެ ކަމަށާއި، އަދި އެޕޮއިންޓުމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއި  އެކީގައި  އެނގޭނެގޮތަކަށް ނިޒާމު ބަދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް. އޭރުން ރަށްރަށުގައި ތިބެފައި ވަޑައިގަންނަވާ އިރުގައި ވެސް ރައްޔިތުންނަށް އިންތިޒާރު ކުރަން ޖެހޭ ގޮތް ނުވާނެ. ދެން ހޮސްޕިޓަލްގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ކުރެވޭ." 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ މާލެ އާއި ހަމަ އެއްފަދައިން ރަށްރަށުގެ ސިއްޙީ ނިޒާމް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.