ކުއީންސް ބާސްކެޓްބޯލް ކުލަބުގެ ކުޅުންތެރިން.. ފޮޓޯ: ސިޑިބަރި
ކުޅިވަރު
17 Feb 2024 | 14:04
ފަސޭހަކަމާއި އެކު އެލީޓް އަތުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ކުއީންސް އިން ހޯދައިފި

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި އެލީޓް ސްޕޯޓްސް ކުލަބާއި ކުއީން ބާސްކެޓްބޯލް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 44-81 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުއީންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.

ސެމީ ފައިނަލް ދެ ވަނަ މެޗުގައި، ރޭ އެންމެ ފަހުގެ ޗެމްޕިއަން، ސައިކްލޯން ބާސްކެޓްބޯލް ކްލަބް ވަނީ ލަޔަނެސް އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ލަޔަނެސް މޮޅުވީ، ވާދަވެރި ކުޅުމަކަށްފަހު 51-47 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ތިން ވަނަ ސެމީގައި، ލަޔަނެސް އާއި އެލީޓް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ކުއާޓާގައި ކުއީންސް އިން  މެޗުގެ ކޮންޓްރޯލް ނެގިއިރު، ރޭގެ މެޗުގައި އެޓީމުން އެންމެ ރަގަޅަށް ކުޅުނު އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ)، 19 ޕޮއިންޓް ހޯދަފައެވެ. މީގެ އިތުރުން އެޓީމުގެ ރައިފާ އިބްރާހިމް އާއި ފާތިމަތު ރިޝްމާ މިއިން ކޮންމެ ކުޅުންތެރިއަކު، 17 ޕޮއިންޓް ހޯދިއިރު، އައިމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީފައެވެ.

މުބާރާތުގެ ދެ ވަނަ ސެމީގައި، ސައިކްލޯންގެ މައްޗަށް ލަޔަނެސް ކުރިހޯދިއިރު، އެޓީމުން އެންމެ ރަގަޅަށް ކުޅުނު ކަލްސަމް ކައިނާ ނިމާލް 18 ޕޮއިންޓް ސްކޯކުރިއިރު، ސާރާ ޒާޝާ ޒަަކަރިއްޔާ ވަނީ އެޓީމަށް 14 ޕޮއިންޓް ހޯދައިދީފައެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ދެ މެޗު މިރޭ ކުޅޭނެ އެވެ. އެ ގޮތުން، ފުރަތަމަ 19:00 ގައި ކުޅޭނީ، އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި، ލަޔަނެސް އާއި އެލީޓް ވާދަކުރާއިރު، 21:30 ގައި، ކުޅޭ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި، ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުން ނުކުންނާނީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ